21 ފެބުރުއަރީ 2024
މުޅި ދުނިޔޭގައި ވެސް ހިމަބިހީގެ ކޭސްތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި މިދިޔަ އަހަރު 306،000 ކޭސް ފެނިފައި ވާއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 79 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ، އިން އިއްޔެ ބުނެފި އެވެ.
މުޅި ދުނިޔޭގައި ވެސް ހިމަބިހީގެ ކޭސްތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި މިދިޔަ އަހަރު 306،000 ކޭސް ފެނިފައި ވާއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 79 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ، އިން އިއްޔެ ބުނެފި އެވެ.
"ހިމަބިހީގެ ކޭސްތައް އިތުރުވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް،" ހިމަބިއްސާއި ރުބެއްލާގެ މައްސަލަތަކަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ޓެކްނިކަލް އެޑްވައިޒަރު ނަތާޝާ ކްރޯކްރޮފްޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިމަބިހީގެ ކޭސްތައް ރިޕޯޓް ނުކުރުން ވެސް ސުވާލު އުފެދޭ މިންވަރަށް އިތުރު ކަމަށާއި އެހެންވެ މި ބަލީގެ ކޭސްތަކުގެ އަސްލު އަދަދު އަދި މިއަށްވުރެ މާ މަތިވާނެ ކަމަށެވެ.
މި ބަލީގެ ހާލަތު އިތުރަށް ޔަގީންކުރުމަށް ޑަބްލިޔުއެޗްއޯ އިން ކޮންމެ އަހަރަކު ފެންނަ ކޭސްތައް ވަކި މޮޑެލްއެއް ބޭނުންކޮށްގެން އަންދާޒާކުރެ އެވެ. މިގޮތަށް ބަލާއިރު އެންމެ ފަހުގެ އަންދާޒާއިން ދައްކަނީ 2022 ވަނަ އަހަރު ހިމަބިހީގެ 9.2 މިލިއަން ކޭސް މުޅި ދުނިޔޭގައި އުޅޭނެ ކަމަށާއި އެ ބަލީގައި 136،216 މީހުން މަރުވެފައި ވާނެ ކަމަށެވެ.
ކްރޯކޮރޮފްޓް ވިދާޅުވީ މިދިޔަ އަހަރު މި މޮޑެލް ބޭނުންކޮށްގެން އަންދާޒާއެއް ކޮށްފައި ނެތް ކަމަށާއި އެކަމަކު 2022 ވަނަ އަހަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހިމަބިހީގައި މަރުވި މީހުންގެ އަދަދު 43 ޕަސެންޓް އިތުރުވި އަހަރެއް ކަމަށެވެ.
އެހެންވެ މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރަކީ ހިމަބިހީގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާ އަހަރަކަށް ވާނެ ކަމަށާއި މި އަހަރު ގޮންޖެހުންތައް އަދި މާބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުތަކުގެ ދެ ބައިކުޅަ އެއްބައި އޮތީ ހިމަބިހީގެ ހާލަތު ނުރައްކާވެދާނެ ފައްތަރެއްގައި ކަމަށާއި 142 މިލިއަން ކުޑަކުދިނަށް މި ބަލި ޖެހުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އެޑްވައިޒަރު ވިދާޅުވި އެވެ. މި ބަލި އިތުރުވަނީ ބައްޔާ ދެކޮޅަށް ވެކްސިން ޖެހުން މަދުވަމުންދާތީ ކަމަށާއި ބަލި ކޮންޓްރޯލްވެފައި އޮންނާނީ އާބާދީގެ ކުޑަކުދިންގެ ތެރެއިން މަދުވެގެން 95 ޕަސެންޓް ކުދިންނަށް ވެކްސިން ފުރިހަމަކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
އަފްގާނިސްތާނުގައި ހިމަބިހި ފެތުރެނީ
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި
ދެ ލައްކަ މީހުންނަށް ވެކްސިން ހަމަޖެހިއްޖެ
ރާއްޖެ އާއި ބޫޓާން އެހެން ގައުމުތަކަށް ނަމޫނާއަކަށް
ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑު ރާއްޖެއަށް ދީފި
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ