Roadha Mihaaru
ވިލިނގިލި އެއާޕޯޓް އަޅާނީ ބްރުޖް ހަލީފާ ހެދި ކުންފުނި

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކުރީ ބްރުޖު ހަލީފާ ހެދި ކުންފުންޏާ

22 ފެބުރުއަރީ 2024

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ.

ގއ. އަތޮޅު ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.

އިންތިހާބަށް ފަހު، އެ މަނިކުފާނު ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، އެމްއޯޔޫގައި ސަރުކާރުން ވަނީ ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: އެއާޕޯޓާ އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: އެއާޕޯޓާ އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.

މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސް ޑޮލަރު. އެހެންވީމަ މިކުންފުންޏަށް ވާނެ. އިތުރަށް ދަންނަވަންޏާ ބްރުޖު ހަލީފާ އެޅީ މި ކުންފުނިން. -- ޖަނާހް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސާވް ޑޮލްމަންސް އެވެ.

ގއ. ވިލިނގިލ؛ީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބެލްޖިއަމްގެ ކުންފުންޏާ ހަވާލުކުރުން.

ގއ. ވިލިނގިލ؛ީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބެލްޖިއަމްގެ ކުންފުންޏާ ހަވާލުކުރުން.

ހިތްގައިމު ޑިޒައިނަކަށް އަޅަން ނިންމާފައިވާ އެއާޕޯޓާ އެކު ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. ސަރުކާރުން އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

އެ ޖަލްސާގައި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސްގެ ހުވަފެނެއް ކަމަށެވެ. އެއީ، މުޅި އަތޮޅުގެ އިގްތިސާދު އެކީ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަޝްރޫއަށް ކުރިއަށް ގެންދަން ބުރުޖް ހަލީފާ ހެދި މެއިން ކޮންޓްރާ އެކު ޖޭވީ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވި ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ ހޯދީ ޖަނާހް މެދުވެރިވެގެންނެވެ.

ޖަނާހު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5،000 އެނދު އުފައްދައި 17 ރިސޯޓެއް ވެސް ތަރައްގީކުރާނެ ކަމަށް ޖަނާހް ވިދާޅުވި އެވެ.

ވިލިނގިލީ އެއާޕޯޓް އަޅާ ކުންފުނީގެ ގާބިލްކަމާ މެދު ވާހަކަ ދައްކަވަމުންް، ޖަނާހު ވިދާޅުވީ އެ ކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާގައި ދުނިޔޭގެ 44 ވަނަ އަށް އެންމެ ބޮޑު ކުންފުނި ކަމަށެވެ. އެއީ އެ މަޝްރޫއު ހިންގޭނެ ފެންވަރުގެ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސް ޑޮލަރު. އެހެންވީމާ މި ކުންފުންޏަށް ވާނެ. އިތުރަށް ދަންނަވަންޏާ ބްރުޖު ހަލީފާ އެޅީ މި ކުންފުނިން،" ޖަނާހު ވިދާޅުވި އެވެ.

ވިލިނގިލި ކައިރީގައި އޮތް ކޫއްޑޫގައި އެއާޕޯޓެއް އޮވެ އެވެ. އެކަމަކު ރައީސް މުއިއްޒުގެ ތަސައްވަރަކީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުން ކަމަށްވެފައި އިންޓަނޭޝަނަލް އެއާޕޯޓެއް މިތަނަށް ބޭނުންވާ ކަމަށް ކެމްޕެއިނުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އޭރު ރައީސް ގެންގުޅުއްވި ތަސައްވަރަކީ ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިން ތަނަކަށް ބަދަލުކުރުމެވެ.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: މި މަޝްރޫއާ އެކު މުޅި ސަރަހައްދަށް އިގްތިސާދީ ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ޔަގީންކުރޭ.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: މި މަޝްރޫއާ އެކު މުޅި ސަރަހައްދަށް އިގްތިސާދީ ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ޔަގީންކުރޭ.

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެންނެވެ. އެއީ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަކާ އެކު އެ ރަށުގައި ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތި ކަމަށް ވެސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.