މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއާ އެކު ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 ނޮވެމްބަރ 2025
މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއާ އެކު ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 3 އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް އާ ޑްރެޖަރު ބޭނުންކުރަން މާދަމާ ފަށާނެ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، އެ މަސައްކަތުގެ ސްޕީޑު އަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރުގައި "ބަންޑް ވޯލް" ގެ މަސައްކަތް ފަށާނީ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއަައިއޭ) އާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފަހު ކަމަށެވެ. އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.
Dredger TSHD Prins Der Nederlanden has arrived today and will start tomorrow at Hulhumale phase 3 together with dredger TSHD Oranji which is currently in operation at Hulhumale phase 3.
— Dr Mohamed Muizzu (@MMuizzu) November 25, 2025
Meanwhile, bund wall works at Giraavaru will start as soon as EIA and other formalities are… pic.twitter.com/fWLtgVfgKv
ގޯތި ދިނުމަށް ހުޅުމާލެ 3 ގެ އެއްބައި ހިއްކުމަށް ފަހު، އެ މަސައްކަތް އޮތީ ކުރިން މަޑުޖެހިފަ އެވެ. އެކަމަކު މި މަހުގެ 10 ގައި ވަނީ ހުޅުމާލެ 3 ގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކަން އަލުން ފަށައިފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލެ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ދިން ނަމަވެސް. މި ސަރުކާރު އައި ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނަ އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ބިން ލިބޭ ތަންތަން ބަދަލުވެފައިވާތީ ގޯތީގެ ރަޖިސްޓްރީ އަލުން ވަނީ ހަވާލުކޮށްފަ އެވެ.
މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރަސްމާލެ އާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އެ ތަން ހިއްކުމުގެ ސްޕީޑު އަވަސް ކުރުމަށް އިތުރު ޑްރެޖަރުތައް ގެނެސް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ އެއްކޮށް ހިއްކާ ނިމެނޭ ކަމަށެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން، އޭގެ ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ކުރިން ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަން ރައީސް މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.
ރައީސް އެ މަހު ވިދާޅުވެފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމަށާއި އެ ޑްރެޖަރުން މަސައްކަތް ކުރާނީ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކަން ކަަމަށެވެ.
ގިރާވަރާއި ގުޅިފަޅު ނިންމުމުގެ ސްޕީޑް އަވަސްކުރަނީ!
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި
މާލެ ސަރަހައްދުގައި ބިން ހިއްކުން ހަލުވި ކުރަނީ
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
ރަޖިސްޓަރީ ދޫކުރުން ބާރަށް ކުރިއަށް އެބަދޭ: ރައީސް
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ރަސްމާލެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި