Roadha Mihaaru
މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުންނަށް އެވޯޑެއް

މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުނަށް ހާއްސަ އެވޯޑެއް ދެނީ

22 ފެބުރުއަރީ 2024

ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހަރާވި މަރުހޫމް އިސްމާއިލް ވިޝާމްގެ ހަނދާނުގައި ކުރިއަރަމުން އަންނަ ޒުވާން ވަކީލުންނަށް ހާއްސަ އެވޯޑެއް ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހަރާވި މަރުހޫމް އިސްމާއިލް ވިޝާމްގެ ހަނދާނުގައި ކުރިއަރަމުން އަންނަ ޒުވާން ވަކީލުންނަށް ހާއްސަ އެވޯޑެއް ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައި ވަނީ އިއްޔެ ބޭއްވި ބާ ކައުންސިލްގެ އާންމު އަހަރީ ޖަލްސާގަ އެވެ.

އެ ކައުންސިލުން ބުނީ ވިޝާން އަކީ ގާނޫނީ ދާއިރާ އާ އަލަށް ގުޅޭ ފަރާތްތަކުގެ ކުރި އެރުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވައި، އެ މީހުން ތަމްރީނުކޮށް ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އަދި އެ ވަކީލުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ބޭފުޅަކަށް ވާތީ "އިސްމާއީލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" ގެ ނަމުގައި އެވޯޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ޖަލްސާގައި ބާ ކައުންސިލުން ވަނީ އެ ކައުންސިލުން އަރުވާ އެންމެ މަތީ ދަރަޖައިގެ ރިކޮގްނިޝަން އެވޯޑް، "އެކްސްޓްރާއޯޑިނަރީ ސާވިސް އެވޯޑް" ވެސް ވިޝާމް އަށް އަރުވައިފަ އެވެ.

ވިޝާމް ކުއްލި ގޮތަކަށް އަވާހަރަވީ މިދިޔަ މަހުގެ 31 ގަ އެވެ.

އޭނާ ބާ ކައުންސިލްގެ ރައީސް ކަމަށް އައްޔަން ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ.