މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފި އެވެ.
24 ފެބުރުއަރީ 2024
މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފި އެވެ.
އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް މިހާރު ނަގަނީ ޓަނަކަށް 1،060ރ. އެވެ.
ނަމަވެސް ވެމްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އާންމުން ފަރާތްތަކުން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކުނި އުކައިލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް ދާ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150ރ. ގެ ފީއެއް ނަގާނެ ކަމަށް ވެސް ވެމްކޯގެ އިއުލާނުގައިވެ އެވެ.
ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660ރ. ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750ރ. އެވެ.
ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނާނެ: ވެމްކޯ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް
ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި