ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
25 ފެބުރުއަރީ 2024
ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މި ޔަގީންކަން ރައީސް ދެއްވީ އެ މަނިކުފާނު ބޮޑުތިލަދުއްމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ކެލާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ކެލާއިން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
"އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ބާރަށުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކެލާގައި އެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ވެސް ކެލާ އަކީ ވަރަށް މުހިންމު ރަށަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާއަށް ފަހު މިއަދު ހަވީރު ރައީސް ހއ. ބާރަށަށް ވަޑައިގެންނެވި އެވެ.
ބާރަށުގައި ހަވީރު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލައިގެން، މި ރަށުގެ ކުރިއެރުމަށްޓަކާ އަދި ދުރު ރާސްތާގެ ކުރިމަގަށް ވެސް ފައިދާވާނެ ވަރަށް މި ރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގުމަކީ އެ މަނިކުފާނު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ކެލާއިން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
އެ ވައުދު ފުއްދަން މަސައްކަތް ފަށްޓަވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ރައީސް ދެއްވި އެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑަށް ހަލާކުވެފައިވާ ބާރަށުގެ ޖެޓީ މަރާމާތުކޮށް އަދި މަސްވެރިކަމަށް ހާއްސަ ޖެޓީއެއް ވެސް މި ރަށުގައި ހަދައިދޭނެ އެވެ.
މި ދެ ރަށުން ވެސް ވަނީ ރައީސަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެފަ އެވެ.
ކެލާ ފަޅުގައި ރިސޯޓު ހަދަން 325 ހެކްޓަރު
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހަދަން އެއްބަސްވުމެއް
ލޮއްސަލަފުށި ދައުލަތަށް ނެގުމަށްފަހު ކުރެންދޫއަށް ދެނީ
އުތުރު އަތަފަރު ހަންޏާމީދުއަށް، އަލިކޮއި އެންމެންނަށް!
މިޔަރު މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއް