Roadha Mihaaru
ލޯނު ނުދެއްކިގެން އިންޓަގެ މިލްކުވެރިކަން ބަދަލު ވެއްޖެ

400 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކިގެން އިންޓަ މިލާނުގެ މިލްކުވެރިކަން ލޯނު ދޫކުރި ކުންފުންޏަށް

23 މެއި 2024

ނިއުޔޯކް (މެއި 23) – އިންޓަ މީލާންގެ ކޮންޓްރޯލް މިދިޔަ އަންގާރަ ދުވަހާ ހަމައަށް އޮތް ޗައިނާގެ ސޫނިންގް ކުންފުނިން ނެގި ލޯނެއް ނުދެއްކިގެން، ލޯނު ދޫކުރި އެމެރިކާގެ ކުންފުންޏަށް ކްލަބްގެ މިލްކުވެރިކަން ދޫކޮށްލަން ޖެހިއްޖެ އެވެ.

ނިއުޔޯކް (މެއި 23) – އިންޓަ މީލާންގެ ކޮންޓްރޯލް މިދިޔަ އަންގާރަ ދުވަހާ ހަމައަށް އޮތް ޗައިނާގެ ސޫނިންގް ކުންފުނިން ނެގި ލޯނެއް ނުދެއްކިގެން، ލޯނު ދޫކުރި އެމެރިކާގެ ކުންފުންޏަށް ކްލަބްގެ މިލްކުވެރިކަން ދޫކޮށްލަން ޖެހިއްޖެ އެވެ.

އެމެރިކާގެ މާލީ ކުންފުނި އޯކްޓްރީން 2021 ގައި ސުނިންގުން ނެގި 428 މިލިއަން ޑޮލަރުގެ ލޯނުގެ ރަހުނުގެ ގޮތުގައި ލިސްޓް ކުރީ އިންޓަ މިލާނުގެ ނަމަވެ.

ލޯނު ދައްކަން ދިން މުއްދަތު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ލޯނު ނެގަން ހެދި އެއްބަސްވުމުގައި ބުނާ ގޮތުންނަމަ، ކަނޑައެޅިފައިވާ މުއްދަތުގައި ލޯނު އަނބުރާ ނުދައްކާނަމަ ކްލަބްގެ މިލްކުވެރިކަން އޯކްޓްރީ އަށް ލިބޭނެ އެވެ.

އިންޓަގެ މިލްކުވެރިޔަކީ މިހާރު އޯކްޓްރީކަން، އެ ކުންފުނިން އިއްޔެ އިއުލާން ކުރި އެވެ.

އޯކްޓްރީގެ މެނޭޖިން ޑިރެކްޓާ އެލްހެންޑްރޯ ކާނޯ ވިދާޅުވީ އިންޓަ މިލާންގެ ކުޅުންތެރިންނާއި މެނޭޖްމެންޓަށް އެ ކުންފުނިން އިހްތިރާމު ކުރާނެ ކަމަށެވެ.

"މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހިންގުމުގެ ނިޒާމުގައި އަދި މާލީ ގޮތުން ވެސް ކްލަބަށް ހަމަޖެހިލުމުގެ ފުރުސަތު ދޭން.. ޓީމަށާއި މެނޭޖްމެންޓަށް އަހަރެމެން އިހްތިރާމް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޯކްޓްރީ އަކީ އިޓަލީގެ ކްލަބެއްގެ ހިންގުމާ ހަވާލުވާ އެމެރިކާގެ ހަތް ވަނަ ކުންފުންޏެވެ. ވާދަވެރި އޭސީ މިލާނާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެޓަލާންޓާ، ފިއޮރެންޓީނާ، ރޯމާ، ޖެނޯއާ އަދި އަލުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވި ޕާމާ ހިންގަނީ ވެސް އެމެރިކާގެ ކުންފުނިތަކުންނެވެ.