17 ސެޕްޓެމްބަރ 2023
މިލާން (ސެޕްޓެމްބަރު 17) - ޑާބީ އިޓާލިއާގެ ނަމުގައި މަޝްހޫރުވެފައިވާ ކުރިމަތިލުމުގައި ވިދިވިދިގެން ފަސް މެޗުން އިންޓަ މިލާން އަތުން އޭސީ މިލާން ބަލިވުމުން، މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ އަށް ޕްރެޝަރު ކުރިމަތިވެއްޖެ އެވެ.

ރޭ ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ 5-1 ންނެވެ. ވިދިވިދިގެން ޑާބީގެ ފަސް މެޗުން މިލާން ބަލިވި ޓްރެކުގައި ކޮޕާ އިޓާލިއާ ތައްޓާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރުސަތު މިލާނަށް ގެއްލުނެވެ.
މިއީ ޑާބީގައި ބަލިވުމުގެ މިހާ ދިގު ޓްރެކެއް މިފަހުގެ ތާރީހުގައި މިލާނަށް ކުރިމަތިވި ފުރަތަމަ ފަހަރެވެ. އެންމެ ވާދަވެރި ޓީމު އަތުން މިލާން އަނެއްކާ ވެސް ބަލިވުމުން ސަޕޯޓަރުންގެ ނުރުހުން ކޯޗު ޕިއޯލީ އަށް ވަނީ އަމާޒުވެފަ އެވެ.
އިންޓަގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
އެކަމަކު ސަޕޯޓަރުންގެ ފަރާތުން މައާފަށް އެދެން ޕިއޯލީ ދެކޮޅެވެ.
"ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެންޖެހޭނެޔޭ އެ ބުނާ ބުނުމަށް އަހަރެން ތާއީދެއް ނުކުރަން. ހީވަނީ އަހަރެމެން 5-1 ން ބަލިވެ ޑާބީ މެޗު ގެއްލުވާލީ ގަސްތުގައިހެން. ސަޕޯޓަރުން ފަދައިން އަހަރެމެން ވެސް މާޔޫސްވޭ މައާފަށް އެދެންވީ ގަސްތުގައި ގޯސްކަމެއް ކުރުމުން," ޕޯސްޓްމެޗު ޕްރެސް ކޮންފަރެންސްގައި ޕިއޯލީ ބުންޏެވެ.
"އިންޓަ ވަރުގަދަ، އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫން. އެކަމަކު އަހަރެމެންގެ ކުޅުމަށް ބަލާއިރު މި ނަތީޖާ ވަރަށް އުނދަގޫ."
ދެ ޓީމުގެ ވެސް ހޯމް ދަނޑުގެ ގޮތުގައި ބޭނުންކުރާ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޓަގެ ފަސް ލަނޑުގެ ތެރެއިން ހެންރިކް މިހިތާރިޔަން ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ލަނޑު ޖެހީ މާކޮސް ތުރާމާއި ހަކާން ޗަނަގޮލޫ އަދި ޑޭވިޑް ފްރެޓެސީ އެވެ. މިލާންގެ ހަމައެކަނި ލަނޑު ޖެހީ ރަފޭލް ލެއޯ އެވެ.
މެޗުން މޮޅުވެ އިންޓަ އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. އެ ޓީމުގެ ކޯޗު ސިމޯނޭ އިންޒާގީ ބުނީ އެންމެ ކުރީގައި އޮތަސް ހިތްހަމަޖައްސާލައިގެން ތިބެވެން ނެތް ކަމަށެވެ.
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ފުޓްބޯޅަ ހަލާކު ކުރަނީ ރެފްރީން: ނެސްޓާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ