Roadha Mihaaru

ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ

ފިލްމީ ދާއިރާ އިން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި އިބްރާހިމް ޝާކިރު (ޝާކިރުބެ) ރޭ ނިޔާވެއްޖެ އެވެ.

ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

27 ފެބުރުއަރީ 2024

ފިލްމީ ދާއިރާ އިން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި އިބްރާހިމް ޝާކިރު (ޝާކިރުބެ) ރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ، އެނގިފައިވާ ގޮތުގައި، ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެނިކޮށެވެ.

ޝާކިރުބެ ވަނީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ފިލްމުތަކާއި ގިނަ ޑްރާމާތަކުގައި ބައްޕައެއްގެ ރޯލު ކުޅެފަ އެވެ. އޭނާގެ މަޑުމައިތިރި އަޑާއި އެކްޓިންގެ ހުނަރު ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

އަބަދުވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިވި ޝާކިރުބެ ފިލްމު ކުޅެން ފެށީ ޓީވީއެމްގެ ވަޒީފާގައި އުޅެމުންނެވެ. ފުރަތަމަ ފެނިލުމަށް ފަހު، ޓީވީއެމްގެ ގިނަ ޑްރާމާތައް ވެސް ކުޅުނެވެ.

ވަކި ހިސާބަކުން ފިލްމީ ދާއިރާއަށް ދުރަށް ދިޔަ ޝާކިރުބެ ވަނީ ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދީފަ އެވެ.