14 މާޗް 2017
ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ރޭ މަރުވެފައި ވަނީ މަސްތުވާތަކެތި އޯވަޑޯޒް ވެގެން ކަމަށް ބެލެވޭ ކަމަށް އޭނާގެ މަރުފޯމްގައި ބުނެފި އެވެ.
ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ރޭ މަރުވެފައި ވަނީ މަސްތުވާތަކެތި އޯވަޑޯޒް ވެގެން ކަމަށް ބެލެވޭ ކަމަށް އޭނާގެ މަރުފޯމްގައި ބުނެފި އެވެ.
"ހަތަރު އުދަރެސް" އައްޔަގެ ނަމުން މަޝްހޫރުވެފައިވާ އައްޔަ މަރުވެފައި އޮއްވައި ފެނުނީ ރޭ އަށެއް ޖަހާކަންހާއިރު ހ. ގާޑްން ބިއުޓީގައި ހުންނަ ކޮޓަރިއެއްގެ ތެރެއިންނެވެ.
މަރުފޯމުގައި އައްޔަގެ މަރުގެ ސަބަބުގެ ގޮތުގައި ޑޮކްޓަރުން ބޮޑަށް ލަފާކޮށްފައި ވަނީ މަސްތުވާތަކެއްޗަށް އޯވަޑޯޒްވުމެވެ. އެކަމަކު މިކަން ޔަގީން ކުރެވެނީ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމުމުންނެވެ.
ފުލުސް އޮފީހުން ބުނީ އައްޔަގެ ހަށިގަނޑުން ބޭނުންވާ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި އޭނާގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ތަހުގީގު އަދި ނުނިމޭތީ ވަކި އެއްޗެއް ބުނާކަށް ނޭނގޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.
އައްޔަ މަރުވި އިރު، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ދައުވާ ވެސް އުފުލައިފަ އެވެ. އަދި އެ މައްސަލައިގައި އޭނާ ހުރީ ވެސް ގޭބަންދުގަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އޭނާގެ މައްޗަށް އެ ދައުވާކުރީ ކޮން އިރަކު އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ.
ކުރިން ގިނަ ފިލްމުތަކަކާއި ލަވަތަކެއް ކުޅުމަށް ފަހު، އައްޔަ ވަނީ ދުވަސްކޮޅަކަށް ގެއްލިފަ އެވެ. އެހެން ނަމަވެސް، އޭނާ އެނބުރި ފިލްމީ ދާއިރާ އަށް އަންނަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބުނެފަ އެވެ. ފަހުން އޭނާ ކުރަމުން އައި ކަމަށް ވަނީ ވަޑާމުގެ މަސައްކަތެވެ.
އައްޔަގެ ގާތް މީހަކު ބުނިގޮތުގައި ގާޑްން ބިއުޓީގެ ކޮޓަރިއަކަށް އައްޔަ ބަދަލުވިތާ އަދި ވާނީ ހަފުތާއެއްހާ ދުވަހެވެ. "ހުން އައިސް ގައިގައި ރިއްސާތީއޭ ކިޔާފައި، މިތާ ކައިރީގައި ހުރި ބޭސްފިހާރައަކަށް ދިޔަ ބޭހެއް ގަންނަން ރޭ ދިޔަ،" އައްޔަ އެންމެ ފަހުން އުޅުނު ގޭ ކައިރީގައި އުޅުނު މީހަކު ބުންޏެވެ. "މިތާ ކައިރީގައި ރޭ ގުރޫޕަކާ އެކު ފުދޭވަރަކަށް ގިނައިރު ވަންދެން އުޅުނު ތަން ވެސް ދުށިން."
ޕެރީގެ މަރުގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި
ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ތަރި ޝާހިދު ނިޔާވެއްޖެ
ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ
ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ
މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ
ކޮމީޑިއަން ޖޮނީ މަރުވެއްޖެ
ކުރީގެ އެކްޓަރު އަފްރާހް މަރުވެއްޖެ
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ