Roadha Mihaaru
ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ

ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ

26 ޑިސެމްބަރ 2022

ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ؟" އިން ގިނަ ބަޔަކު ދަންނަ މޫނަކަށްވި އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) ރޭ ނިޔާވެއްޖެ އެވެ.

ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ؟" އިން ގިނަ ބަޔަކު ދަންނަ މޫނަކަށްވި އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) ރޭ ނިޔާވެއްޖެ އެވެ.

މާލެއަށް އުފަން އުމުރުން 57 އަހަރުގައި އިބްރާހިމްބެ ނިޔާވީ ބަލިވެގެން އައިޖީއެމްއެޗުގައި ފަރުވާދެނިކޮށް ރޭ ދަންވަރު އެވެ. އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

"ދިރިއުޅުމަކީ މިއީބާ؟"ގައި އޭނާ ކުޅުނު ރޯލަށް ކިޔަނީ އިބްރާހިމްބެ އެވެ. އެހެންވެ އެ ނަމުން އޭނާ މަޝްހޫރުވީ އެވެ.

އެ ޑްރާމާގައި އިބްރާހިމްބެ ކުޅުނީ އަބަދުވެސް ސޯޓުބުރިއެއް ލައިގެން، ބޮލާއި މަތިމަހުގައި ކުލަ ޖައްސައިގެން އުޅޭ ރުޅިގަދަ މީހެއްގެ ރޯލެވެ. މިއީ އޭނާގެ ސިގްނޭޗަ ސިފަތަކެވެ.

އެ ޑްރާމާގެ އިތުރުން ބައެއް ޓީވީ އިޝްތިހާރުތައް ވެސް އިބްރާހިމްބެ ކުޅުނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވި އިޝްތިހާރަކީ ސޮނީ ހާޑްވެއާގެ "ކޫލުކުރާ ފަންކާ، އޮރިއެންޓް ފަންކާ" އިޝްތިހާރެވެ.

އިބްރާހިމްބެ ނިޔާވިއިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.