Roadha Mihaaru
މެސީ ގޯލު ޖެހިއަސް ކުރީގެ ކްލަބަށް ބެކަމްގެ އިހުތިރާމް

މެސީ ޓީމު ސަލާމަތް ކޮށްދިނަސް ކުރީގެ ކްލަބަށް ބެކަމްގެ އިހުތިރާމް

27 ފެބުރުއަރީ 2024

ކެލިފޯނިއާ (ފެބްރުއަރީ 27) - އެމެރިކާ ލީގުގައި ފަހު ވަގުތު އެލްއޭ ގެލެކްސީއާ 1-1 އިން އެއްވަރު ކުރަން ލިއޮނެލް މެސީ ޖެހި ގޯލާ އެކު އުފާފާޅު ކުރުމުގެ ބަދަލުގައި އިންޓަ މަޔާމީގެ ރައީސް ޑޭވިޑް ބެކަމް އޭނާގެ ކުރީގެ ކްލަބަށް ކުރާ އިހުތިރާމް ދައްކާލައިފި އެވެ.

ކެލިފޯނިއާ (ފެބްރުއަރީ 27) - އެމެރިކާ ލީގުގައި ފަހު ވަގުތު އެލްއޭ ގެލެކްސީއާ 1-1 އިން އެއްވަރު ކުރަން ލިއޮނެލް މެސީ ޖެހި ގޯލާ އެކު އުފާފާޅު ކުރުމުގެ ބަދަލުގައި އިންޓަ މަޔާމީގެ ރައީސް ޑޭވިޑް ބެކަމް އޭނާގެ ކުރީގެ ކްލަބަށް ކުރާ އިހުތިރާމް ދައްކާލައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް ޑިޔާން ޖޮވެލިޔިކް ކާމިޔާބު ކުރި ގޯލުން އެލްއޭ ގެލެކްސީ މޮޅުވާން ދަނިކޮށް، 88 ވަނަ މިނިޓުގައި އެޓީމުގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

އެޓީމުން އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި މެސީ، އިންޓަ މަޔާމީ އަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ ޖޯޑީ އަލްބާގެ އެސިސްޓަކުންނެވެ. މިއީ އޭނާ މި އަހަރު ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މި އަހަރުގެ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން 2-0 އިން ޓީމު މޮޅުވިއިރު، އެ މެޗުގެ ފުރަތަމަ ގޯލު ޖަހަން އެހީވީ މެސީ އެވެ.

އެހެން މެޗުތަކެކޭ އެއްފަދައިން ބެކަމް ވަނީ މި މެޗު ބަލަން ވެސް ދަނޑަށް ގޮސްފަ އެވެ. މެސީގެ ގޯލާ އެކު ބެކަމްގެ ވަށައިގެން ތިބި އެންމެން އުފާފާޅު ކުރި ނަމަވެސް، ބެކަމްގެ ނިންމުމަކަށް ވީ އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ހަ އަހަރު ހޭދަކުރި ޓީމަށް އިހުތިރާމް ކުރުމުގެ ގޮތުން ހިމޭންކަން އިސްކުރުމެވެ.

މެންޗެސްޓާ ޔުނައިޓެޑުން ކުޅުން ފަށައި ރެއާލް މެޑްރިޑަށް ވެސް ކުޅުމަށް ފަހު ބެކަމް އެމެރިކާ ލީގަށް ބަދަލުވީ 2007 ވަނަ އަހަރެވެ. އެލްއޭ ގެލެކްސީ ދޫކޮށް ކެރިއަރު ނިންމާލަން 2013 ވަނަ އަހަރު އޭނާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވީ އެޓީމަށް ދެ ފަހަރު އެމްއެލްއެސް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އަދި ލޯން އުސޫލުން އޭސީ މިލާނަށް ވެސް ކުޅުނެވެ.

އިނގިރޭސި ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދިން ބެކަމް ވަނީ ކުލުންތެރިއެއްގެ ގޮތުގައި އެލްއޭ ގެލެކްސީ އަށް 118 މެޗު ކުޅެދީފަ އެވެ.