ކުރީގެ ސަރުކާރުން ޝަރުތުހަމަނުވާ މީހުންނަށް 4،000 ފްލެޓް ނުހައްގުން ދޫކުރި ކަމަށް ބުނާ މައްސަލާގައި މުއައްސަސާތައް ހާޒިރުކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.
28 ފެބުރުއަރީ 2024
ކުރީގެ ސަރުކާރުން ޝަރުތުހަމަނުވާ މީހުންނަށް 4،000 ފްލެޓް ނުހައްގުން ދޫކުރި ކަމަށް ބުނާ މައްސަލާގައި މުއައްސަސާތައް ހާޒިރުކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓުގައިވާ 60 ޕަސެންޓަކީ ނުހައްގުން ފްލެޓް ލިބުނު މީހުން ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނު (އޭސީސީ) ގެ ތަހުގީގުން ދައްކަ އެވެ. އެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ.
އެ މައްސަލާގައި އާންމު ފަރާތަކުން ފޮނުވި ސިޓީއަކާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލަ ބަލަމުން އަންނައިރު އިއްޔެ އިއްޔެގެ އަޑު އެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
ކޮމިޓީގެ އެޖެންޑާގައިވާ ގޮތުން މިއަދު އޮތީ ފްލެޓުގެ ކަންކަން ކުރިއަށް ގެންދިޔަ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެއީ އޭސީސީ އާއި ހައުސިން މިނިސްޓްރީ އަދި ކުރީގެ ހައުސިން މިނިސްޓްްރީގެ ބޭފުޅުންނެވެ.
އެ ބައްދަލުވުން ސިއްރުކުރިއިރު މީގެ ކުރިން ބައްދަލުވުންތައް ބޭއްވީ ލައިވްކޮށްގެންނެވެ.
މި މަހުގެ 12ގައި އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ބައެއް މީހުންގެ ޝަރުތު ހަމަނުވަނީސް އެ މީހުންނަށް ފްލެޓް ދީފައިވާ ކަމަށް ކަނޑައެޅި ގޮތް ސާފުކޮށްދޭން ވެސް އޭސީސީގައި އެދިފަ އެވެ. އަދި މައްސަލަ ނެތް މީހުންގެ ލިސްޓު ދިނުމަށް ވެސް އެ ކޮމިޓީން ފާސްކުރި އެވެ.
އެގޮތަށް ފާސްކުރަން ޖެހުނީ އެ ލިސްޓު ދޭން އެންގުމުން އޭސީސީން ފޮނުވި ލިސްޓުގައި ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއްކަން ވެސް ސާފުވާން ނެތިގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހަދާ 4000 ފްލެޓްއާ ގުޅިގެން އޭސީސީއަށް އެކަނި ވެސް 300 ޝަކުވާ ހުށަހެޅި އެވެ. އެހެންވެ، ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވާ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރުމާ އެކު ހަމަ އެ ދުވަހު އޭސީސީން ވަނީ ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވައިފަ އެވެ.
އޭސީސީގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓަށް ހުށަހަޅާފައިވާ 4،048 ފޯމެއް ބެލިއިރު އޭގެ ތެރެއިން 60 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވަނީސް، ފްލެޓް ދީފައިވެ އެވެ.
އެ މައްސަލާގައި އޭސީސީން ވެސް ލަފާ ދީފައި އޮތީ މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރާށެވެ. އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ޕޯޓަލްގެ އެކްސެސް ލިބުމާ އެކު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ބާކީ ތިބި މީހުންނާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
އިންސާފުވެރި ނުވެ ފްލެޓް ކުއްޔަށް ދިނުން ނުހުއްޓުވޭނެ!
ގާނޫނު ބަދަލުކޮށް، ފްލެޓް ކުއްޔަށް ނުދެވޭ ގޮތް ހަދަނީ
ފްލެޓުތައް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަން ފާސްކުރަނީ!
ގެދޮރުވެރިޔާ ސްކީމްގެ ބާކީ ގުރުނެގުން މާދަމާ ބާއްވަނީ
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓައެއްނުލާ