މަސް އެކްސްޕޯޓު ކުރި އަދަދު 60 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
12 ޖޫން 2024
މަސް އެކްސްޕޯޓު ކުރި އަދަދު 60 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަތަރު މަހު އެކްސްޕޯޓް ކޮށްގެން ލިބުނީ، 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ހަތަރު މަހުގެ އެކްސްޕޯޓުން 62 މިލިއަން ޑޮލަރު (956 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު 28،000 މެޓްރިކް ޓަނުގެ މަސް، ވިޔަފާރިކުރާ ކުންފުނިތަކުން ގަނެފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 41،000 މެޓްރިކް ޓަނުގެ މަސް ގަތެވެ.
މި އަހަރު އެންމެ ގިނަ އަދަދަކަށް މަސް ގަތް، ޖެނުއަރީ މަހުގެ ތެރޭގައި 8،700 ޓަނު މަސް ގަނެފައިވެ އެވެ. އެންމެ ދަށް އަދަދެއްގެ މަސް ގަނެފައިވަނީ މާޗް މަހު އެވެ. އެ މަހު 5،200 ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޖުމްލަ 19،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ. އެއީ، މިދިޔަ އަހަރަށް ވުރެ 55 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު 35،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ.
މަސް ގަންނަ ވަރު އަދި އެކްސްޕޯޓުކުރާ ވަރު ދަށްވެފައިވާ އިރު ދަޅުގައި ބަންދުކުރާ އަދަދު ވެސް ވަނީ 60 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ. އެކްސްޕޯޓު އެހާ ބޮޑަށް ދަށްވެފައިވާ އިރު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓްރީ މިދިޔަ އަހަރު ފަހުކޮޅު ބަންދުކޮށް، މަސް ގަތުން ވަނީ ހުއްޓާލައިފަ އެވެ. އެންސިސް އިން މަހުގެ ވިޔަފާރި ދޫކޮށްލީ، ސަރުކާރުން މަސް ކިލޯއެއް ވިއްކާ އަގު 25ރ. އަށް ބޮޑުކުރުމުން، އެ އަގުގައި އެ ވިޔަފާރި ކުރެވެން ނެތުމުންނެވެ.
މަހުގެ އެކްސްޕޯޓް 50 ޕަސެންޓް ދަށަށް
ޖުމްލަ އެކްސްޕޯޓަށް 21 މިލިއަން ޑޮލަރު އިތުރުވެއްޖެ
ދަޅުމަހުގެ އެކްސްޕޯޓު 57 ޕަސެންޓު ދަށަށް
މިދިޔަ ކުއާޓާގައި ތަކެތީގެ އަގު މައްޗަށް
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
އެކްސްޕޯޓަރުން އެދެނީ ސަބްސިޑީ މަސްވެރިންނަށް ދޭން
"މިއީ ރާއްޖެ އަށް ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން"
މަސްވެރިކަމަށް ބިދޭސީން: ދެން ކޮންކަހަލަ ބަދަލެއް؟
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ