މި އަހަރުގެ ފުރަތަމަ މަސް ތެރޭގައި ތަކެތީގެ އަގުތައް ދަށަށް ހިނގައްޖެ އެވެ.
05 މާޗް 2024
މި އަހަރުގެ ފުރަތަމަ މަސް ތެރޭގައި ތަކެތީގެ އަގުތައް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖެނުއަރީ މަހުގެ އިންފްލޭޝަން ހުރީ 0.6 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ، 3.1 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ހުރީ 3.7 ޕަސެންޓުގަ އެވެ. މިދިޔަ ޑިސެމްބަރު މަހު ތަކެތީގެ އަގުތައް ހުރީ 1.9 ޕަސެންޓުގަ އެވެ.
މިއަހަރުގެ ބަޖެޓު ފޮތުގައި، އަހަރު ނިމޭ އިރު ތަކެތީގެ އަގުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3.9 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ނިމުނު އިރު އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގަ އެވެ.
ޖުމްލަ އިފްލޭޝަން 0.6 ޕަސެންޓުގައި ހުރި އިރު ކާބޯތަކެތީގެ އިންފްލޭޝަން މިވަގުތު ހުރީ ހަ ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2.9 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 8.9 ޕަސެންޓުގަ އެވެ.
ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ތިން ޕަސެންޓުގައި ހުރި އިރު މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 6.8 ޕަސެންޓުގަ އެވެ. އަދި ސިއްހީ ދާއިރާގެ އިންފްލެޝަން ހުރީ 4.2 ޕަސެންޓުގަ އެވެ.
ކޮންޓްރޯލެއް ނެތް، ޑޮލަރުގެ އަގު މައްޗަށް!
އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ހިނގައްޖެ
އިގުތިސާދު ކުރިއެރި ނަމަވެސް ގޮންޖެހުންތައް ބޮޑު
އޮކްޓޯބަރު މަހު އިންފްލޭޝަން 1.7 ޕަސެންޓް މައްޗަށް!
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
މިއަހަރު އަނެއްކާވެސް ލިންޓް ޗޮކްލެޓުގެ އަގުު ބޮޑުކުރަނީ
އަތޮޅުތެރޭގެ އިންފްލޭޝަން ވަރަށް ބޮޑަށް އުފުލިއްޖެ