ދިވެހިންގެ އިހުގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
06 މާޗް 2024
ދިވެހިންގެ އިހުގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއް.ފަށާފައިވާ ކަމަށެވެ.
އެކަން ކުރަނީ ކައުންސިލްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ކައުންސިލްތަކަށް މި ހިޔާލު ހުށަހަޅަނީ. އެއާ އެކު، މި ހަނދާންތައް އެއްކުރުމުގެ ކަރުދާހެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ މި ދެންނެވި ކަންކަން އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު.-- ފޮޓޯ: މިހާރު
މިފަދަ ކަމެއް ކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ދިވެހިން ކުރިން ކޮށްފައިވާ ތަޖުރިބާތަކާއި އެ ޒަމާނުގައި އުޅުނު ގޮތްތަކާއި ރަށްރަށާ ގުޅިފައި ހުރި ވާހަކަތައް ދުނިޔެ އާއި ދިވެހިންނަށް އަންގައިދިނުމެވެ.
"އެ މައުލޫމާތު ޖަމާވީމާ ރައީސްގެ ހާއްސަ މި އޮތް ވިޒިޓާ އިކޮނޮމީ ސިޔާސަތު، ވިޒިޓާ އިކޮނޮމީ ސިޔާސަތުގެ ދަށުން ދިވެހި ސަގާފަތާއި ތަރިކަ މެދުވެރިކޮށް އާމްދަނީ ހޯދުމާއި ދިވެހި ސަގާފަތާއި ތަރިކަ ޒަމާނީ ވަސީލަތްތަކާއި ވިޔަފާރިއާ ގުޅުވާލައިގެން ދިވެހިންގެ މާނަވީ ސިފަތަކާއި ތަހުޒީބު ގޮތްތައް ދުނިޔެއަށް ތައާރަފްކޮށްދެވޭނެ،" އާދަމް ނަސީރު ވިދާޅުވި އެވެ.
އެ ރޮނގުން ބޭރު ދުނިޔެއަށާއި ދިވެހިންނަށް ވެސް ދިވެހިންނަކީ ކިހާ ވަރެއްގެ ހަޟާރަތެއް ލިބިފައިވާ ކިހާ ވަރެއްގެ ކުރިއެރުމެއް މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ބައެއްކަން އަންގައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ
ދިވެހި ބަހުގެ އެކަޑެމީގެ ހިންގުން އޮގަރު ވަހީދަށް
"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"
ދިވެހި ދިދަ ހިމާޔަތްކުރަން ގާނޫނެއް ހަދަނީ
"އާތިކާގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެއް ނެތް"
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށް ކަނޑައަޅައިފި