ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
07 މާޗް 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ކާޑުގެ ބާވަތްތައް ހިފައިގެން މާލޭގެ ވިޔަފާރި ބަނދަރަށް މިދިޔަ އަންގާރަ ދުވަހު ބޯޓު ވަދެފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ތަކެތި ހިފައިގެން ސަޕްލައި ދޯނިތައް މިއަދުން ފެށިގެން ރަށްރަށަށް ފުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއަށްފަހު އަންނަ ހޮނިހިރު ދުވަހު ހަނޑުލާއި ފުށް ބަހަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކާޑުގެ ބާވަތްތައް ބަލާ ދިއުމަށް، ކަމާގުޅޭ ފަރާތްތަކުން ގުޅާނެ ކަމަށެވެ. އެހެން ނޫނީ، އެ މީހަކަށް ފަސޭހަ ވަގުތެއްގައި އައިޑީކާޑު ހިފައިގެން ދިއުމުން ވެސް އެ ތަކެތި ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން ވަކި ގައުމަކަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާއަށް އެކި ކަންކަމުގައި ރާއްޖެއިން މާބޮޑަށް ބަރޯސާވެފައި އޮންނާތީ އެކަމާ ގުޅޭ ގޮތުންނެވެ.
ބައެއް ރަށްރަށަށް ކާޑާއި ގޭސް ފޯރުކޮށްދޭން ފަށައިފި
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ހުރިހާ ގެޔަކަށް ލިބެންދެން މަސްދަޅު ކޭސް ދޫކުރާނެ
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި