Roadha Mihaaru
އައިކެއާއިން ލޮލުގެ ފެނުމާ ގުޅޭ ސާޖަރީއެއް ހަދައިފި

އައިކެއާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާރުޑީ ސާޖަރީ ކާމިޔާބުކަމާ އެކު ހަދައިފި

07 މާޗް 2024

އައިކެއާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓެޗްމެންޓް (އާރްޑީ) ސާޖަރީ ކާމިޔާބުކަމާ އެކު ހަދައިފި އެވެ.

އައިކެއާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓެޗްމެންޓް (އާރްޑީ) ސާޖަރީ ކާމިޔާބުކަމާ އެކު ހަދައިފި އެވެ.

މި ސާޖަރީ އެ ހޮސްޕިޓަލުން ހެދީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މި ސާޖަރީ އެ ހޮސްޕިޓަލުން ހެދީ ފެކޯއިމަލްސިފިކޭޝަން ކެޓަރެކްޓް ސާޖަރީއާ އެއްކޮށެވެ. މި ސާޖަރީ ހެދުމުގައި އިސްކޮށް އުޅުއްވީ, އައިކެއާ ހޮސްޕިޓަލްގެ ވިޓްރިއޯ ރެޓިނަލް އެންޑް ފެކޯ ސާޖަން ޑރ. މުހައްމަދު އައްޒާމެވެ.

އާރްޑީ ސާޖަރީ އަކީ ލޮލުގެ އެތެރޭގައި ހުންނަ ޖެލް ފަދަ މާއްދާއެއް ކަމަށްވާ ޕެތޮލޮޖިކަލް ވިޓްރިއަސް ހިއުމާ މުޅިން ނަގައި، ސިލިކަން އޮއިލް އާއި ޒަމާނީ އެންޑޯ ލޭޒާ ޓެކްނޮލޮޖީގެ އެހީގައި ރެޓިނާ އާންމު ހާލަތަކަށް ގެނައުމަށް ހަދާ ސާޖަރީއެކެވެ.

މި ހޮސްޕިޓަލުން އާރުޑީ ސާޖަރީ ހަދާފައިވާ ޕޭޝަންޓަކީ 75 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ އެއް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން އެހެން ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ދެއްކުމުން, އެ ޑޮކްޓަރުގެ އެދުމުގެ މަތިން އައިކެއާ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް އަށް ކޮންސަލްޓުކުރި ޕޭޝަންޓެކެވެ. ޕޭޝަންޓުގެ ހޭންޑް މޫވްމަންޓް ވިޝަން އާއި ކެޓެރެކްޓް އާއި ސަބްޓޯޓަލް ރީގަމަޓޯޖެނަސް ރެޓިނަލް ޑިޓޭޗްމެންޓް ހުރިކަން ދެނެގަތީ އައިކެއާއިންނެވެ.

އައިކެއާއިން ބުނީ ޑރ. އައްޒާމްގެ ތަޖުރިބާ އާއި ބެއްލެވުމުގެ ދަށުން އައިކެއާގެ ސާޖަރީ ޓީމުން ފެކޯއިމަލްސިފިކޭޝަން އެންޑް ފޯލްޑަބަލް ލެންސް އިމްޕްލާންޓޭޝަން އާއި ޓްރާންސް-ޕާސް ޕްލާނާ ވިޓްރެކްޓޮމީ، ފްލުއިޑް އެއާ އެކްސްޗޭންޖް، އެންޑޯ-ލޭޒާ ޓްރީޓްމެންޓް އަދި ސިލިކަން އޮއިލް އިންޖެކްޝަން ދިން ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު، ޕޭޝަންޓުގެ ރެޓިނާ ވަނީ ސިލިކަން އޮއިލްއިން ރަނގަޅަށް ގުޅުވާފައިވާ ކަމަށާއި ސާޖަރީއަށް ފަހު ޕޭޝަންޓުގެ ލޮލުގެ ފެނުން ރަނގަޅުވާކަން ފާހަގަކުރެވޭ ކަމަށް އައިކެއާއިން ބުންޏެވެ.

ސިލިކަން އޮއިލް ސާފުކުރާނީ ސާޖަރީއަށް ތިން މަސް ވުމުންނެވެ.

މިއީ ރާއްޖޭގައި މި ސާޖަރީ ކުރި ފުރަތަމަ ފަހަރެވެ. މިއީ މުޅި ރާއްޖެއަށް ވެސް މި ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އައިކެއާއިން ފާހަގަކުރެ އެވެ. އަދި މިއީ އެޑްވާންސްޑް ވިޓްރިއޯ-ރެޓިނަލް އަދި އެ ނޫން ވެސް ލޮލުގެ ސާޖަރީތައް ރާއްޖޭގައި ހެދުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ރެޓިނަލް ޑިޓެޗްމަންޓް ފަދަ ލޮލުގެ އިމާޖެންސީ ހާލަތްތަކަކީ ފަރުވާ ނުދީފި ނަމަ ކުރު މުއްދަތެއްގެ ތެރޭގައި މީހެއްގެ ފެނުން އެއްކޮށް ނެތިކޮށްލާ ކަމެކެވެ. މި ފަދަ ނުރައްކާތެރިކަމަކުން ސަލާމަތްވުމަށް މި ސާޖަރީ ރައްކާތެރިކަމާ އެކު ރާއްޖޭގައި ހެދޭ ގޮތްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ރެޓިނަލް ޑިޓެޗްމެންޓް މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކާ އެކު ލޮލުގެ ރެޓިނާއަށް ކުދި ގެއްލުންތައްވެ، ފަރުވާ ނުދެވި ހުރުމުންނެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމަށް މަގުފަހިވެއެވެ.

މި ފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކާ, ގަވައިދުން ލޮލުގެ ދުޅަހެޔޮކަން ބަލައި، ބައްޔެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު އަންދާޒާ ކުރުމަށް ރިސްކް އެސެސްމެންޓް ހެދުން މުހިންމެވެ. އަދި ރެޓިނާގެ މައްސަލައެއް ދިމާވުމުގެ ނުރައްކާ އޮތް މީހުން ރެޓިނާ ސްޕެޝަލިސްޓުންނަށް ގަވައިދުން ދެއްކުން ވެސް މުހިންމެވެ.

އައިކެއާގެ މަގުސަދަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެ ތަނުން ދަނީ އެންމެ ފަހުގެ ސާޖިކަލް ޓެކްނިކްތަކާއި ސިއްހީ ތަޖުރިބާ މެދުވެރިކޮށް، ލޮލުގެ މައްސަލަތަކަށް ފަރުވާ ހޯދައިދިނުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކުރެ އެވެ.

ނޯޓު: މިއީ އައިކެއާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.