ހޮންޑިއުރަސްގެ ކުރީގެ ރައީސް ޖުއާން އޮރްލާންޑޯ ހަނާންޑޭޒް އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިއު ޔޯކްގެ ޖޫރީން ހުކުރު ދުވަހު ނިންމައިފި އެވެ.
ހޮންޑިއުރަސްގެ ކުރީގެ ރައީސް ޖުއާން އޮރްލާންޑޯ ހަނާންޑޭޒް އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިއު ޔޯކްގެ ޖޫރީން ހުކުރު ދުވަހު ނިންމައިފި އެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި، އުމުރުން 55 އަހަރުގެ ހަނާންޑޭޒް ވަނީ 2014 އިން 2022 އަށް ވެރިކަން ކުރި އިރު ހޮންޑިއުރަސް އަކީ "ނާކޯ-ސްޓޭޓް" އަށް ބަދަލުކޮށްފަ އެވެ.
ހަނާންޑޭޒް އަށް ކުށް ސާބިތުވިޔަސް އަދި އަދަބު ކަނޑައެޅުން އޮންނާނީ ފަހުންނެވެ. ބެލެވޭ ގޮތުގައި އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަނާންޑޭޒް ވަނީ 2004 އިން ފެށިގެން ކޮލަމްބިއާ އާއި ވެނެޒުއޭލާގެ ކޮކެއިންގެ 500 ޓަނު ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް އެތެރެކޮށްފަ އެވެ. މިކަން އޭނާ ވެރިކަމަށް އައުމުގެ މާ ކުރިން ވެސް ކުރަމުން އައި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ހަނާންޑޭޒް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާއިން މުއްސަނދިކަން ހޯދައި ސިޔާސީ ކަންކަމަށް ހޭދަކޮށްފައި ކަމަށާއި 2013 އަދި 2017 ގައި ރިޔާސީ އިންތިހާބުގައި މަކަރު ހެދުމަށް ވެސް މި ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ހަނާންޑޭޒް އެމެރިކާއާ ހަވާލުކުރީ 2022 ވަނަ އަހަރު އެވެ. އެއީ ޑްރަގް ޓްރެފިކްކުރާ މީހުންގެ އަތުން އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ނަގައި، ޑްރަގް ޓްރެފިކިން އަށް މަގު ފަހިކޮށްދޭ ކަމުގެ ތުހުމަތަށެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ވެރިކަން ކޮށްފައިވާ އެހެން ބައެއް ބޭފުޅުންނަށް ވެސް އެމެރިކާގައި ވަނީ ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް ކުށް ސާބިތުވެފަ އެވެ. އޭގެ ތެރޭގައި ޕެނަމާގެ މެނުއަލް ނޮރީގާ އަށް 1992 ވަނަ އަހަރު ސާބިތުވި ކުށްތަކާއި ގުއަޓެމާލާގެ އަލްފޮންސޯ ޕޯޓިލޯ އަށް 2014 ވަނަ އަހަރު ސާބިތުވި ކުށް ހިމެނެ އެވެ. -- އޭއެފްޕީ
ހޮންޑިއުރަސްގެ ކުރީގެ ރައީސް 45 އަަހަރަށް ޖަލަށް
10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި
ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް
އިކުއެޑޯގެ ކާޓެލްތަކުން އަހަރަކު 30 ބިލިއަނުގެ ޑީލް!
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ޑްރަގް މައްސަލަތަކުން 16 މިލިއަންގެ ޖޫރިމަނާ ނުލިބި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް