Roadha Mihaaru
ހޮންޑިއުރަސްގެ ކުރީގެ ރައީސް 45 އަަހަރަށް ޖަލަށް

އެމެރިކާއަށް ޑްރަގް އެތެރެކޮށްދިން ހޮންޑިއުރަސްގެ ކުރީގެ ރައީސް 45 އަހަރަށް ޖަލަށް

27 ޖޫން 2024

ހޮންޑިއުރަސްގެ ކުރީގެ ރައީސް ޖުއާން އޮރްލާންޑޯ ހަނާންޑޭޒް އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ސާބިތުވެފައި ވާތީ އޭނާ 45 އަހަރަށް ޖަލަށް ލުމަށް ނިއު ޔޯކްގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ހޮންޑިއުރަސްގެ ކުރީގެ ރައީސް ޖުއާން އޮރްލާންޑޯ ހަނާންޑޭޒް އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ސާބިތުވެފައި ވާތީ އޭނާ 45 އަހަރަށް ޖަލަށް ލުމަށް ނިއު ޔޯކްގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ބުނެފައިވާ ގޮތުގައި، އުމުރުން 55 އަހަރުގެ ހަނާންޑޭޒް ވަނީ 2014 އިން 2022 އަށް ވެރިކަން ކުރި އިރު ހޮންޑިއުރަސް އަކީ "ނާކޯ-ސްޓޭޓް" އަށް ބަދަލުކޮށްފަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މާޗް މަހު އޮތީ ޖޫރީން ނިންމައިފަ އެވެ.

"ހަރްނާންޑޭޒްގެ ދައުރަކީ ކޮންގްރެސްގެ ރައީސް އަދި ހޮންޑޫރަސްގެ ރައީސްގެ މަގާމުގައި ހުރެ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ފައިސާގެ ބަދަލުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތައް ހަނިކުރުން،" ފަނޑިޔާރު ކެވިން ކެސްޓެލް ވިދާޅުވި އެވެ.

ކެސްޓެލް ވިދާޅުވީ ހަނާންޑޭޒް ފުލުހުންނާއި އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދީ، 10 ބިލިއަން ޑޮލަރުގެ އަގު ހުރި 400 ޓަނުގެ މަސްތުވާތަކެތި އެމެރިކާއަށް ފޮނުވުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.

ޕްރޮސިކިއުޓަރުން އެދުނީ ހަނާންޑޭޒް އުމުރަށް ޖަލަށް ލުމަށެވެ. އެކަމަކު 45 އަހަރުގެ ޖަލު ހުކުމާ އެކު އަށް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ އެވެ. ނަމަވެސް ހަނާންޑޭޒްގެ އުމުރުން 55 އަހަރު ވެފައި ވާތީ އުމުރުގެ ބާކީ ބައި ދެން ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ބެލެވެ އެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަނާންޑޭޒް ވަނީ 2004 އިން ފެށިގެން ކޮލަމްބިއާ އާއި ވެނެޒުއޭލާގެ ކޮކެއިންގެ 500 ޓަނު ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް އެތެރެކޮށްފަ އެވެ. މިކަން އޭނާ ވެރިކަމަށް އައުމުގެ މާ ކުރިން ވެސް ކުރަމުން އައި ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ހަނާންޑޭޒް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާއިން މުއްސަނދިކަން ހޯދައި ސިޔާސީ ކަންކަމަށް ހޭދަކޮށްފައި ކަމަށާއި 2013 އަދި 2017 ގައި ރިޔާސީ އިންތިހާބުގައި މަކަރު ހެދުމަށް ވެސް މި ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ހަނާންޑޭޒް އެމެރިކާއާ ހަވާލުކުރީ 2022 ވަނަ އަހަރު އެވެ. އެއީ ޑްރަގް ޓްރެފިކްކުރާ މީހުންގެ އަތުން އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ނަގައި، ޑްރަގް ޓްރެފިކިން އަށް މަގު ފަހިކޮށްދޭ ކަމުގެ ތުހުމަތަށެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ވެރިކަން ކޮށްފައިވާ އެހެން ބައެއް ބޭފުޅުންނަށް ވެސް އެމެރިކާގައި ވަނީ ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް ކުށް ސާބިތުވެފަ އެވެ. އޭގެ ތެރޭގައި ޕެނަމާގެ މެނުއަލް ނޮރީގާ އަށް 1992 ވަނަ އަހަރު ސާބިތުވި ކުށްތަކާއި ގުއަޓެމާލާގެ އަލްފޮންސޯ ޕޯޓިލޯ އަށް 2014 ވަނަ އަހަރު ސާބިތުވި ކުށް ހިމެނެ އެވެ. -- އޭއެފްޕީ