Roadha Mihaaru
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި

ޓީވީ އިންޓަވިއު ހުއްޓުވާލައި ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި

13 މާޗް 2024

ބާސެލޯނާ (މާރިޗް 13) - ނަޕޯލީގެ ފޯވާޑް މަޓޭއޯ ޕޮލިޓާނޯ މީޑިއާއާ ވާހަކަ ދައްކަން ހުއްޓައި، އެ ކްލަބްގެ ރައީސް އައުރޭލިއޯ ޑި ލައުރެންޓީސް އިންޓަވިއު ހުއްޓުވާލައި މީޑިއާ އަށް ހުރަސްއެޅި މައްސަލަ ފެންމަތިވެއްޖެ އެވެ.

ބާސެލޯނާ (މާރިޗް 13) - ނަޕޯލީގެ ފޯވާޑް މަޓޭއޯ ޕޮލިޓާނޯ މީޑިއާއާ ވާހަކަ ދައްކަން ހުއްޓައި، އެ ކްލަބްގެ ރައީސް އައުރޭލިއޯ ޑި ލައުރެންޓީސް އިންޓަވިއު ހުއްޓުވާލައި މީޑިއާ އަށް ހުރަސްއެޅި މައްސަލަ ފެންމަތިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަނޑު މަތީގައި ސްކައި ސްޕޯޓްސް އިޓަލިއާ އަށް އިންޓަވިއު ދޭން ހުއްޓައި ލައުރެންޓީސް ވަނީ ވަގުތުން ދެއްކި އިންޓަވިއުގެ މެދުތެރެއިން އިންޓަވިއު ހުއްޓާލަން އަންގައިފަ އެވެ.

"ޕޮލިޓާނޯ. ޕޮލިޓާނޯ .. ކަލޭ [ސްކައި އިޓާލިއާގެ ނޫސްވެރިޔާ] އަށް އިންޓަވިއު ދޭން އޭނާ [ޕޮލިޓާނޯ] އަށް ހުއްދައެއް ނޯންނާނެ،" އިންޓަވިއުގެ މެދުތެރެއިން ކެމެރާ ކައިރިއަށް ގޮސް ލައުރެންޓީސް ވިދާޅުވި އެވެ.

އިންޓަވިއު ކުރިއަށް ގެންދާން ތިބި މީހުންނަށް އިހާނެތިކޮށް ބުނެ ކެމެރާ އޮޕަރޭޓަރު ކޮށްޕާލި އެވެ. އޭނާގެ ބެލެންސް އަނބުރާ ހޯދުމަށް ފަހަތަށް ޖެހެން ޖެހުމުން ދިޔަ އެވެ. އޭގެ ފަހުން ޕޮލިޓާނޯ އެތަނުން ދުރަށް ދިޔަ އެވެ.

ޑި ލައިުރެންޓީސް އަންގާފައިވާ ގޮތުގައި ނަޕޯލީގެ ކުޅުންތެރިން އިންޓަވިއު ދޭން ޖެހޭ ސްކައިގެ ހަމައެކަނި ނޫސްވެރިޔަކީ ޖިއަންލޫކަ ޑި މޮރިޒޯ އެވެ. އޭރު އިންޓަވިއު ކުރިއަށް ގެންދާން ހުރި މަސިމޯ އުގޮލިނީއާ ވާހަކަ ދެއްކުން ހުއްދައެއް ނޯންނާނެ ކަމަށް އަބްގާފައިވާކަމަށް މީޑީއާތަކުން ބުންޏެވެ.

އެކަމަކު ޔޫއެފާއާ އެކު އެއްބަސްވެފައިވާ ޓީވީ ރައިޓްސްގެ ދަށުން ސްކައި އިޓާލިއާ އަށް ޕްރީ މެޗު އިންޓަވިއު ނެގުމުގެ ހުއްދަ އޮވެ އެވެ.

ލައުރެންޓީސްގެ ހިންގި މި ކްނަތަކާ ގުޅިގެން ޔޫއެފާއިން އެ ކްލަބް ޖޫރިމަނާ ކުރާނެ އެވެ.