Roadha Mihaaru
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު

މެޗުގެ ކުރިން އައި ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު

04 އޮކްޓޯބަރ 2023

ނޭޕްލްސް (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ އާއި ރެއާލް މެޑްރިޑްގެ މެޗު ފަށަން މަދު ގަޑިއިރުތަކަށް ވެފައިވަނިކޮށް ބިންހެލުމެއް އަތުވެއްޖެ އެވެ.

ނޭޕްލްސް (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ އާއި ރެއާލް މެޑްރިޑްގެ މެޗު ފަށަން މަދު ގަޑިއިރުތަކަށް ވެފައިވަނިކޮށް ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުމުގެ އެއްވެސް އަސަރެއް މެޗަށް ފޯރާފައި ނުވެ އެވެ.

ނޭޕްލްސް އަށް ރޭ އައި ބިންހެލުމަކީ އެއް ހަފުތާތެރޭ އެ ސަރަހައްދަށް އައި ދެވަނަ ބިންހެލުމެވެ. ރޭ ގެ ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 4.0 މެގްނެޓިއުޑްގަ އެވެ. އެ ބިންހެލުމުގައި މީހަކު މަރުވެފައެއް ނުވެ އެވެ. އަދި އިމރާތަތްކަކަށް ވެސް މާ ބޮޑު އަސަރެއް ނުކުރެ އެވެ.

މިދިޔަ މަހު 27 ގައި ހަމަ އެ ސަރަހައްދަށް 4.2 ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. އިޓަލީގެ ޖިއޮލޮޖިކަލް އަދި ވޮލްކެނިކް ޑިޕާޓްމެންޓުން ބުނީ އެ ބިންހެލުމަކީ 40 އަހަރުތެރޭ ނޭޕްލްސް އަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

ރޭގެ ބިންހެލުމުގެ އަސަރު ރެއާލްގެ ޓީމު ތިބި ހޮޓަލާ ކައިރި ސަރަހައްދުގައި ތިބި މީހުންނަށް އިހްސާސް ކުރެވުނެވެ. މެޗު ކަވަރުކުރަން ރެއާލްގެ ޓީމާ އެކު އިޓަލީ އަށް ދަތުރުކުރި ސްޕޭނުގެ ނޫސްވެރިޔަކު ބުނީ ހަތަރުވަރަކަށް ސިކުންތު ވަންދެން ލޮޅުން އައިކަން އޭނާ އަށް އިހްސާސް ކުރެވުނު ކަމަށެވެ.

ޖުޑެ ބެލިންހަމް: މެޗުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: އޭއެފްޕީ

ޖުޑެ ބެލިންހަމް: މެޗުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: އޭއެފްޕީ

ނަޕޯލީގެ ޑިއޭގޯ މެރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 3-2 ންނެވެ. މެޗުގެ ތަރިއަކަށްވީ ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑެ ބެލިންހަމް އެވެ. އޭނާ ވަނީ ރެއާލް އަށް ލަނޑު ޖަހައިދިނުމުގެ އިތުރަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

މެޗުގެ 19 ވަނަ މިނެޓްގައި ލިއޯ ސިކީރީ އޮސްޓިގާޑް ނަޕޯލީ އަށް ލީޑްނަގައިދީފައި ވަނިކޮށް ރެއާލުން ވިނީޝިއުސް ޖޫނިއާ ނަތީޖާ ހަމަހަމަ ކުރީ ބެލިންހަމް ތަނަވަސްކޮށް ދިން ފުރުސަތުގަ އެވެ.

އޭގެ ފަހުން އެޑްއާޑޯ ކަމަވިންގާ ދިން ބޯޅައިން ބެލިންހަމް ރެއާލަށް ލީޑް ނަގައި ދިނެވެ. އެކަމަކު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ނަޕޯލީގެ ޕިއޮޓާ ޒެލެންސްކީ ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

ރެއާލުން ލީޑް ނެގި ލަނޑަކީ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.