Roadha Mihaaru
ޑޯޓްމަންޑުގައި ސަންޗޯ ފެންވަރު ދައްކަނީ

ޔުނައިޓެޑްގައި ފްލޮޕަކަށްވި ސަންޗޯ ޑޯޓްމަންޑުގައި ފެންވަރު ދައްކަނީ

14 މާޗް 2024

ޑޯޓްމަންޑް (މާޗު 14) - މެންޗެސްޓާ ޔުނައިޓެޑަށް ބޭނުން ނުހިފުނަސް އަދިވެސް އޭނާގެ ހުނަރު ހުރިކަން އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޯޒީގައި ދައްކާލައިފި އެވެ.

ޑޯޓްމަންޑް (މާޗު 14) - މެންޗެސްޓާ ޔުނައިޓެޑަށް ބޭނުން ނުހިފުނަސް އަދިވެސް އޭނާގެ ހުނަރު ހުރިކަން އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޯޒީގައި ދައްކާލައިފި އެވެ.

އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ނެދަލެންޑްސްގެ ޕީއެސްވީގެ މައްޗަށް ކުރި ހޯދައިގެން ޑޯޓްމަންޑުން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ލެގު 1-1 އިން އެއްވަރު ވެފައި ވަނިކޮށް ސަންޗޯގެ ގޯލަކާ އެކު ޑޯޓްމަންޑުން ދެވަނަ ލެގު ކާމިޔާބު ކުރީ 2-0 އިންނެވެ.

ރޭގެ މެޗުގެ ތިންވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން ސަންޗޯ ކާމިޔާބު ކުރި ގޯލަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ގޯލު ޖަހައިދިން ފަހުން ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. އަދި މިއީ އެއަށް ފަހު ސަންޗޯ ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ސީޒަން ވެސް މެއެވެ.

ޕީއެސްވީން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ހާވިން ލޮޒާނޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއާ އަމާޒުވި އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް ވަނީ އެޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

ޑޯޓްމަންޑް ދޫކޮށް 2021 ވަނަ އަހަރު ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 85 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އާ ކޯޗު އެރިކް ޓެން ހާގް އާ މައްސަލަ ގޯސްވެގެން، މިދިޔަ ޖެނުއަރީގައި އޭނާ އެނބުރި ޑޯޓްމަންޑަށް ބަދަލުވެފައި ވަނީ ލޯނު އުސޫލުންނެވެ.

ސަންޗޯ އައުމުގެ ކުރިން މިދިޔަ އަހަރުގެ ފަހު ދެ މަހު ޑޯޓްމަންޑްގެ ނަތީޖާތައް އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ސަންޗޯ އާއެކު އެޓީމުން ވަނީ އިތުބާރު ހޯދައިފަ އެވެ. އޭނާ ވަނީ ޑޯޓްމަންޑަށް މިހާތަނަށް ކުޅެދިން 10 މެޗުން ދެ ގޯލު ޖަހައި ދެ ގޯލު އެސިސްޓް ކޮށްދީފަ އެވެ.

މި ސީޒަނަކީ ސަންޗޯ ގެންދިޔަ ސީޒަނަށް ފަހު ޔުނައިޓެޑް ވެސް ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ސީޒަނެވެ. އެޓީމުގެ ޗެމްޕިއަންސް ލީގު ސްކޮޑުގައި ސަންޗޯ ހިމަނާފައި ނުވާއިރު، ބެޔާޏް މިއުނިކާއި ކޯޕަން ހޭގަން އަދި ގަލަތަސަރާއީ ކުޅުނު ގުރޫޕް ސްޓޭޖު ނިންމާލާފައި ވަނީ ފުލުގައި އޮވެގެންނެވެ.