08 މެއި 2024
ޕެރިސް (މެއި 8) – ސެމީ ފައިނަލުގެ ދެވަނަ ލެގް މެޗުގައި ވެސް ޕީއެސްޖީ ބަލިކޮށް، ކެޕްޓަން މާކޯ ރޮއިސްއާ އެކު 11 އަހަރުފަހުން ބޮރޫޝިއާ ޑޯޓްމެންޑް ޔޫއެފާ ޗެމްޕިއަންސް ލީގުގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޕެރިސް (މެއި 8) – ސެމީ ފައިނަލުގެ ދެވަނަ ލެގް މެޗުގައި ވެސް ޕީއެސްޖީ ބަލިކޮށް، ކެޕްޓަން މާކޯ ރޮއިސްއާ އެކު 11 އަހަރުފަހުން ބޮރޫޝިއާ ޑޯޓްމެންޑް ޔޫއެފާ ޗެމްޕިއަންސް ލީގުގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޔާގަން ކްލޮޕްގެ ކޯޗުކަމުގެދަށުން 2013 ގެ ފައިނަލަށް ދަތުރު ކުރި ޑޯޓްމެންޑްގެ އެ ޓީމުގެ ދެ ކުޅުންތެރިން ފިޔަވައި މުޅި ޓީމު އޮތީ ބަދަލުވެފަ އެވެ.
ކްލޮޕްގެ އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ޕެރިހުގެ ޕާކް ޑި ޕްރިންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ދަނޑުމަތީގައި ހުރީ ޕީއެސްޖީ ކޮޅަށް ރޭ ގެ މެޗުގައި ލަނޑު ޖެހި މެޓްސް ހުމެލްސް އާއި ރޮއިސް އެވެ. އެ ފައިނަލަށް ފަހު ވެސް ބަދަލުނުވެ ހުރި ހަމައެކަނި ޑޯޓްމެންޓްގެ ކުޅުންތެރިޔަކީ ރޮއިސް އެވެ. ހުމެލްސް ވެސް އެ މުއްދަތުގައި ވާދަވެރި ބެޔާން މިޔުނިކަށް ބަދަލުވި އެވެ. ތިން އަހަރު ފަހުން އެނބުރި ޑޯޓްމެންޑަށް އައީ ބެޔާނުން ޖާގަ ނުލިބެން ފެށުމުންނެވެ.
އެފަހަރުގެ ފައިނަލްގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެ ބަލިވީ ބެޔާން އަތުންނެވެ. ކުޅުންތެރިންގެ އަގުގެ ގޮތުން ބޮޑު ޕީއެސްޖީ ބަލިކޮށް ފައިނަލުން ޖާގަ ހޯދައި އަނެއްކާ ވެސް ވެމްބްލީގެ ފައިނަލަކަށް ޑޯޓްމެންޑުން އޮތީ ތައްޔާރަށެވެ. އެ ޓީމު މިހާރު ތިބީ ޖޫން އެކެއްގައި ކުޅޭ ފައިނަލް މެޗަށް ބެޔާން އާއި ރެއާލް މެޑްރިޑްގެ ތެރެއިން ޓީމެއްގެ އިންތިޒާރުގަ އެވެ.
ރޭ ގެ މެޗަށް ޕީއެސްޖީން ވަރަށް ވަރުގަދަ އަށް ތައްޔާރުވި އެވެ. އެ ޓީމުގެ ސަޕޯޓަރުންގެ ފޯރި ވެސް އެހެން މެޗުތަކަށް ވުރެ ގަދަ އެވެ. އެކަމަކު ނާކާމިޔާބާ އެކު ކިލިޔަން އެމްބާޕޭ ޓީމު ދޫކޮށްލާނީ ޗެމްޕިއަންސް ލީގުގައި އަތް ނުލެވި އެވެ.
އެމްބާޕޭ އާއި އުސްމާން ޑެމްބެލޭ، ލި ކަންގް އިން، ބްރެޑްލީ ބާކޯލާ އަދި މާކޯ އެސެންސިއޯ އެއްވަގުތެއްގައި ދަނޑުމަތީގައި ހުރެގެން ވެސް ގޯލްގެ ދަނޑީގައި ޖެހުން ނޫން ކަމެއް ޕީއެސްޖީއަކަށް ނުކުރެވުނެވެ.
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި
ނިއުކާސަލް އަށް ކެހިދިނީ ރެފްރީގެ "ގޯސް" ނިންމުމަކުން
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި
ޕީއެސްޖީއަށް ފިލާވަޅެއް؛ މަޝްހޫރު ތަރިންނަކީ ބާރެއްނޫން
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް