Roadha Mihaaru
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި

ސުޕަ ސްޓާރެއް ބޭނުމެއް ނުވޭ؛ ޕީއެސްޖީގެ ކުރިމަތީ ޑޯޓްމެންޑުން އެއޮތީ އެކަން ދައްކާފަ

02 މެއި 2024

ޑޯޓްމެންޑް (މެއި 2) - ސުޕަ ސްޓާރެއް ނެތި ޕީއެސްޖީގެ ކުރިމަތީ ބޮރޫޝިއާ ޑޯޓްމެންޑުން ނަތީޖާ ނެރެ ދައްކައިފި އެވެ.

ޑޯޓްމެންޑް (މެއި 2) - ސުޕަ ސްޓާރެއް ނެތި ޕީއެސްޖީގެ ކުރިމަތީ ބޮރޫޝިއާ ޑޯޓްމެންޑުން ނަތީޖާ ނެރެ ދައްކައިފި އެވެ.

ކިލިޔަން އެމްބާޕޭ، ހެރީ ކޭން އަދި ވިނީޝިއުސް ޖޫނިއާ - މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި އަނެއް ތިން ޓީމުގައި ތިބި ސުޕަ ސްޓާރުންނެވެ. މި ވަރުގެ އެންމެ ނަމެއް ވެސް ޑޯޓްމެންޑްގައި ނެތެވެ.

އެކަމަކު އެ ޓީމުގައި ތިބި ކުޅުންތެރިން، ޖަމާއީ މަސައްކަތާ އެކު އެ ކުޅުންތެރިން ބޭނުން ކުރަނީ އެންމެ ފައިދާހުރި ގޮތަކަށެވެ. ނަތީޖާ އަކީ އެންމެން ހީކުރި ގޮތާ ހިލާފަށް، ޗެމްޕިއަންސް ލީގު ފައިނަލާ އެންމެ ކައިރީގައި އޮތް ޓީމަށް ޑޯޓްމެންޑް ވުމެވެ.

ރޭ، ޑޯޓްމެންޑްގައި ނިކޮލަސް ފުލްކުރުގްގެ ލަނޑުން މޮޅުވުމުން، އަންނަ ހަފުތާގައި ޕެރިހުގައި ކުޅޭ މެޗު ހިމޭން ކަމާ އެކު ތިބެ އެއްވަރުކޮށްލިޔަސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

ސެމީ އަށް ވެސް ޑޯޓްމެންޑް ދަތުރު ކުރީ އަންޑަ ޑޯގްސްގެ ގޮތުގަ އެވެ. ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ވާދަކުރަން ޖެހުމުން، ފޭވަރިޓަކީ އެތުލެޓިކޯ ކަމަށް ބެލެވުނެވެ. އެކަމަކު ޑޯޓްމެންޑުން ވަނީ އެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

ނިކޮލަސް ފުލްކުރުގް

ނިކޮލަސް ފުލްކުރުގް

ފައިނަލަށް އެ ޓީމު ދަތުރު ކުރިއަސް ވާނީ އަންޑަ ޑޯގްސް އަށެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑާއި ބެޔާން މިޔުނިކްގެ ތެރެއިން ޓީމެކެވެ. ސްކޮޑްގެ ވެލިއު އާއި މަޝްހޫރު ކުޅުންތެރިންނަށް ބަލައިފިނަމަ ބެޔާން އާއި ރެއާލް އުޅޭނީ ޑޯޓްމެންޑަށް ވުރެ އެތައް ގުނައެއް ކުރީގަ އެވެ.

ރޭ ގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މިހާރު ޖަރުމަނުގެ ގައުމީ ޓީމުން ވެސް ޖާގަ ނުލިބޭ ޑިފެންޑަރު މެޓްސް ހުމެލްސް އެވެ. މީޑިއާއިން މަޝްހޫރޫ ކުރާ ޑޯޓްމެންޑްގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ޖާޑަން ސަންޗޯ ލޯނު އުސޫލުން އަލުން އެ ކްލަބާ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑްގައި ފްލޮޕަކަށް ވުމުންނެވެ.