ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަސްކަރީ ތިން ޑްރޯނެއް ބޭނުންކޮށްގެން މިރޭ ފަށައިފި އެވެ.
15 މާޗް 2024
ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަސްކަރީ ތިން ޑްރޯނެއް ބޭނުންކޮށްގެން މިރޭ ފަށައިފި އެވެ.
ތުރުކީ އިން ރާއްޖެ ގެނައި ތިން ޑްރޯން އިފުތިތާހު ކޮށްދެއްވީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ޑްރޯންތައް އޮޕަރޭޓް ކުރަނީ ތުރުކީ އިން ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން މިރޭ ފުރަތަމަ އުދުއްސާލި އަސްކަރީ ޑްރޯން ދިވެހި ވައިގެ ސިފައިންގެ މީހުން އޮޕަރޭޓް ކުރަނީ،
އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިންގާ ތަމްރީނުތަކުގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ދެ ވަނަ ބެޗު ވެސް ތަމްރީނުތައް ނިންމާފައި ވަރަށް އަވަހަށް އަންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މީގެ ފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޝަންތައް ހިންގާނީ ދިވެހި އަސްކަރިއްޔާ އިން ކޯސްޓް ގާޑާ ގުޅިގެންނެވެ.
ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި އަސްކަރިއްޔާ އިން ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި ގިނަ އާލާތްތައް ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރީ ކަމަށެވެ.
އެމްއެންޑީއެފްގެ ވައިގެ ބާރުން ބޭނުންކުރާ ޑްރޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބައެއް ބޭފުޅުން ޑްރޯން ކައިރީ ފޮޓޯ ނަންގަވަނީ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމަށްޓަހައި ފުރަތަމަ ޑްރޯން އުދުއްސާލި ޑްރޯންގެ ލައިވް މަންޒަރުތައް ވެސް މިރޭގެ ރަސްމިއްޔާތުގައި ދައްކައިލި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ.
އެމްއެންޑީއެފްގެ ވައިގެ ބާރުން ބޭނުންކުރާ ޑްރޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބައެއް ބޭފުޅުން ޑްރޯން ކައިރީ ފޮޓޯ ނަންގަވަނީ.
އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.
އެމްއެންޑީއެފްގެ ވައިގެ ބާރުން ބޭނުންކުރާ ޑްރޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބައެއް ބޭފުޅުން ޑްރޯން ކައިރީ ފޮޓޯ ނަންގަވަނީ.
ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް
ރާއްޖެއަށް ގެނައީ ބައިރަކްތާރް ޓީބީ2 ޑްރޯންތަކެއް!
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި