އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝިރަން އިންޑިއާގެ މުމްބާއީއަށް ދިޔައީ އޭނާގެ އޭޝިއާ އަދި ޔޫރަޕް ޓުއާ "މެތަމެޓިކްސް"ގެ ތެރެއިން ޝޯއެއް ދިނުމަށެވެ. ރޭގައި ވަނީ އެ ޝޯ ބާއްވައިފަ އެވެ. އަދި އެ ޝޯގެ ކުރިން ޝިރަން ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ސެލެބްރިޓީންނާ ބައްދަލުކޮށްފަ އެވެ.
އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝިރަން އިންޑިއާގެ މުމްބާއީއަށް ދިޔައީ އޭނާގެ އޭޝިއާ އަދި ޔޫރަޕް ޓުއާ "މެތަމެޓިކްސް"ގެ ތެރެއިން ޝޯއެއް ދިނުމަށެވެ. ރޭގައި ވަނީ އެ ޝޯ ބާއްވައިފަ އެވެ. އަދި އެ ޝޯގެ ކުރިން ޝިރަން ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ސެލެބްރިޓީންނާ ބައްދަލުކޮށްފަ އެވެ.
ޝިރަން ވަނީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންއާ ބައްދަލުކުރުމަށް އޭނާގެ ގެ "މަންނަތު"އަށް ގޮސްފަ އެވެ. އަދި ފަހުން ޕާޓީއަކުން ވެސް ޝާހުއާ ބައްދަލުކުރި އެވެ. އެ ޕާޓީގައި ޝާހުއާ އެކު ނެގި ވީޑިއޯ ވެސް ޝިރަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި އެވެ. އެ ވީޑިއޯއިން ފެންނަނީ ޝާހުގެ ސިގްނޭޗާ ޕޯސް އެ ދެމީހުން ޖައްސާތަނެވެ.
އޭނާ ވަނީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްމާން މާލިކްއާ ވެސް ޕާޓީއެއްގެ ތެރެއިން ބައްދަލުކޮށްފަ އެވެ.
އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އާހާން ޕާންޑޭގެ ގެއަށް ވެސް ޝިރަން ދިޔަ އެވެ. އާހާން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުން އެ ދެމީހުންގެ އެކުގައި ގިޓާ ކުޅޭތަން ފެނެ އެވެ.
ޝިރަން ވަނީ އަޔުޝްމަން ކުރާނާ އާއި ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ހާންއާ ވެސް ބައްދަލުކޮށްފަ އެވެ. ފަރާ ވަނީ މުމްބާއީގެ ރެސްޓޯރެންޓެއްގައި ބޭއްވި ޕާޓީއެއްގައި ޝިރަންއާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެއީ ފަރާ ޝިރަން އަށް ބާއްވައިދިން ޕާޓީއެކެވެ.
ފަރާ ބޭއްވި އެ ޕާޓީއަށް ވަނީ ބޮލީވުޑްގެ ވަރަށް ބައިވަރު ސެލެބްރިޓީން ގޮސްފަ އެވެ. އޭގެ ތެރޭގައި ޝާހްރުކް ހާން އާއި ރިތިކް ރޯޝަން އާއި މާދުރީ ދިކްޝިތު އާއި ފަރްހާން އަކްތަރު އާއި މަލައިކާ އަރޯރާ އާއި ހުމާ ގުރޭޝީ އަދި ޝާހުގެ ދަރިފުޅު އާރްޔަން ހާން ވެސް ހިމެނެ އެވެ.
ޝިރަން ވަނީ 2017 ވަނަ އަހަރު ޝޯއެއް ދިނުމަށް މުމްބާއީއަށް ގޮސްފަ އެވެ. އެ ފަހަރު ވެސް ފަރާ އޭނާއަށް ޕާޓީއެއް ބާއްވައިދިނެވެ.
ރަންދީޕަށް ކުއްޖަކު ލިބެނީ
ޑްރަގުގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިން
ތާރާގެ 30 ވަނަ އުފަންދުވަސް ރާއްޖޭގައި
ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ
ރާއްޖޭގެ މޫދަށް މަހޭޝް ބާބޫގެ ހިތް ދޫވެއްޖެ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ރާޗިތު އާއި ހުމާ އެންގޭޖުވެއްޖެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
އެކްސިޑެންޓެއްގައި އަންކިތާގެ ފިރިމީހާއަށް އަނިޔާވެއްޖެ
ކަރިޝްމާ އެކައްޗެއް ވެސް ބޭނުމެއް ނުވޭ: ވަކީލުން