އީދު ނަމާދު ފަށާ ވަގުތު ހެނދުނު 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
20 މާޗް 2024
އީދު ނަމާދު ފަށާ ވަގުތު ހެނދުނު 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެގޮތަށް ހަމަޖެއްސީ ރާއްޖޭގައި މީގެ ކުރިން އީދު ނަމާދު ކުރަމުންދިޔަ ވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ ކަމަށެވެ. އަދި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާއިރު، ނަމާދަށް ދާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހޫނުގަދަވުމުގެ ސަބަބުން އުނދަގޫވާނެތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައިއަޟްހާ އީދު ނަމާދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ބަޔާނުގައިވާ ގޮތުން ކީރިތި ރަސޫލާ ވެސް އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގަ އެވެ.
"ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށް ވާތީ އާއި އާންމު މަސްލަހަތަށް ރިއާޔަތް ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް މި އަހަރުން ފެށިގެން ރާއްޖޭ ގައި ފިތުރު އީދު ނަމާދާއި އަލްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމުގައި ކަނޑައަޅައިފިން،" މިނިސްޓްރީގެ ބަޔާނުގައިވެ އެބެ.
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު އަވަސް ކުރުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ އިޔާޒަކަށް ނުދިން
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ
ދެ އަހަރަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
ބޭނުންވަނީ ދީނަށްޓަކައި ގުރުބާންވާން ކެރޭ މުސްލިމުން
މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ
އީދު ނަމާދު ކުރާނީ ގޭގައި: އިސްލާމިކް މިނިސްޓްރީ
އީދު މުބާރަކު، މާދަމާ އަކީ ފިތުރު އީދު