Roadha Mihaaru
އަނާ ސެލޫން އިން ރޯދަމަހަށް ބޮޑެތި ޑިސްކައުންޓުތަކެއް

އަނާ ސެލޫން އިން ރޯދަމަހަށް ހާއްސަ ބޮޑެތި ޑިސްކައުންޓުތަކެއް

22 މާޗް 2024

މަޝްހޫރު ބިއުޓީ ސެލޫން, އަނާ ސެލޫން އިން މި ރޯދަމަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ބިއުޓީ ސެލޫން, އަނާ ސެލޫން އިން މި ރޯދަމަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު, އަދި އެންމެ ޑިމާންޑު ބޮޑު ހިދުމަތްތަކުން ޑިސްކައުންޓް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބޯ ކޮށުމާއި އިސްތަށިގަނޑުގައި ކުލަޖެއްސުމާއި "ހެއާ ލޮސް ތެރަޕީ" އާއި "ހެއާ ޓްރީޓްމަންޓްތައް" ހިމެނެ އެވެ.

އަނާ ސެލޫންގެ އިންސްޓަގްރާމް ޕޯސްޓެއް.

އަނާ ސެލޫން އިން ބުނީ، އިސްތަށިގަނޑުގައި ކުލަ ޖައްސާއިރު އެ ސެލޫން އިން ގެންގުޅެނީ ކަލަރިންގައި ތުރުކީގެ ސްޓައިލް ކަމަށެވެ. ދެ ޖިންސުގެ މީހުންގެ ބޯކޮށައި ދިނުމުގެ ހިދުމަތް ދޭ އަނާ ސެލޫން އިން ވަނީ ބުޅި އިސްތަށިގަނޑު ގެންގުޅޭ މީހުންނަށް ހާއްސަކޮށް ކްރޮއޭޝިއާގެ ހެއާ ސްޕަޝަލިސްޓެއް ވެސް ގެނެސްފަ އެވެ.

އެ ސެލޫން އިން ރޯދަމަހަށް ޑިސްކައުންޓް ދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ވައްތަރުގެ ހައިޑްރަފޭޝަލް އާއި މެސޯ ބްރައިޓްނިން އާއި މައިކްރޮނީޑްލިން އާއި ޕިގްމެންޓޭޝަން ޕީލިން އާއި ޑީޕް ކްލެންޒިން ފަދަ އެކި ވައްތަރުގެ ފޭޝަލްތަކުން ވެސް ހިމެނެ އެވެ. އެ ތަނުގެ މަގުބޫލް ސެމީ ޕާމަނެންޓް ޓްރީޓްމަންޓުތަކާއި ލޭޒާ ހެއާ ރިމޫވަލް އާއި ސްޕާ ޓްރީޓްމަންޓުތަކުން ވެސް ޑިސްކައުންޓު ދެ އެވެ.

އަނާ ސެލޫން އެންޑް ސްޕާ އަކީ ބިއުޓީއާ ގުޅޭ ހިދުމަތްތަކާއި ތަފާތު ގިނަ ސްޕާ ޓްރީޓްމަންޓުތަކެއް އެންމެ ފަހުގެ ޓެކުނޮލޮޖީއާ އެކު، ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކެއް ބޭނުންކޮށް ހިދުމަތް ދެމުންދާ ސެލޫނެކެވެ.

އެ ސެލޫން ރޯދަމަހު ހުޅުވަނީ ހެނދުނު 11 އިން ދަންވަރު 1 އަށެވެ.