ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
23 މާޗް 2024
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައިވަނިކޮށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވާފައިވާ ކަމަށެވެ.
"ކުޑަކުދިިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި މިދަނީ ދަންނަވަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެފަދަ ނުބައި ފަރާތްތަކުގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ…
— Dr Mohamed Muizzu (@MMuizzu) March 23, 2024
ވަކި މައްސަލައަކަށް އިޝާރާތް ނުކުރައްވާ ރައީސް އެގޮތަށް ވިދާޅުވިއިރު ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އޭނާ ދޫކޮށްލިއިރު އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް ވެސް ދިޔައީ ކޯޓުގައި ހިނގަމުންނެވެ.
އެ މައްސަލާގައި ޕީޖީ އޮފީހުން ކުރިން، "މިހާރު" އަށް ބުނީ މީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށެވެ.
ރަށުގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފަ އެެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. ފުރަތަމަ ޓީޗަރަކާ އެކަން ހިއްސާކޮށް، ފަޅާއެރުމުން، ތަކުރާރުކޮށް ކާފަ ޖިންސީގޯނާކުރި ކަން މަންމައަށް ވެސް ކިޔައިދީފައިވާ ކަމަށް ވެ އެވެ. ފުލުހަށް އެ މައްސަލަ ރިޕޯޓުކުރީ މަންމަ އެވެ.
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
ކުދިންތަކެއް ގްރޫމުކުރި ޓީޗަރު ބަންދުކުރަން އަންގައިފި
ގާޒީ ސުވާލުން މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފުކުރަނީ
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް