ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.
22 މާޗް 2024
ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު ހައްޔަރުކުރި، 69 އަހަރުގެ އެ މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު، ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދެ އެވެ.
އަނިޔާގެ ޝިކާރައަކަށް ވީ އުމުރުން 13 އަހަރުގެ އަންހެންކުއްޖާ ވެސް ދިރިއުޅޭ ރަށަށް، އެ މީހާ ދޫކޮށްލުމުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ދަނީ ފާޅުކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން "މިހާރު" އަށް ބުނީ، އެ މީހާ ބަންދުން ދޫކޮށްލި މައްސަލަ ވީ އެންމެ އަވަހަކަށް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު މައްސަލަ އެ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލާގައި އެ މީހާއާ ދެކޮޅަށް ދީފައިވާ ބައެއް ތަހުގީގީ ބަޔާންތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކާފަ ކިޔާ ދަރި އަށް ތިން ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
ކޮންމެވެސް ވަރަކަށް ނުކުޅެދުންތެރިކަން ހުންނަ ކާފަ ދަރިފުޅަށް އެ މީހާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އޭނާ އާއި އެ ކުއްޖާ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. އެ ކުއްޖާ އެކަން އެންމެ ފުރަތަމަ ހިއްސާކުރީ ޓީޗަރަކަށެވެ.
އޭގެ ފަހުން އެ ކުއްޖާ ވަނީ ޖިންސީ ގޯނާކުރި ކަމުގެ ތިން ހާދިސާއެއް ކުއްޖާގެ މަންމަ އަށް ވެސް ކިޔައިދީފަ އެވެ. މައްސަލަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ ވެސް ކުއްޖާގެ މަންމަގެ ފަރާތުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ކުޑަކުދިންނާ ގުޅޭ 1،500 އަށް ވުރެ ގިނަ މައްސަލަ އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު 144 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަށް ފިޔަވަޅު އަޅައި، އެކަމުގައި ތުހުމަތުވާ މީހުންނަށް ހަރުކަށި އަދަބުދީ، އަނިޔާގެ ޝިކާރައަކަށް ވާ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޖިންސީ ކުށުގެ ހާއްސަ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނެއް ވެސް އޮވެ އެވެ.
ނަމަވެސް، މިފަދަ ތުހުމަތުތައް ކުރެވޭ މީހުން ކޯޓުތަކުން ދޫވާ މައްސަލާގައި ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
"ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުން ބަލައިނުގަނެވޭ"
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ސްކޫލުގައި ކުއްޖަކަށް "ޖިންސީގޯނާކުރި"މީހާ ދޫކޮށްލައިފި
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!
ކައުންސިލަށް އިންތިހާބުވިމީހާ ދޫކޮށްލުމުން އިސްތިއުނާފަށް
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް