Roadha Mihaaru

ޔާމީން ރަޝީދުގެ ދައްތައަށް އަލުން ފުލުހުންގެ ވަޒީފާ ދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޔާމީންގެ ދައްތައަށް ވަޒީފާދޭން އެންގުމުން ސުޕްރީމްކޯޓަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

24 މާޗް 2024

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އޮގަސްޓް، 2017 ގައި އައިޝަތު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ޔާމީން ރަޝީދުގެ އެކުވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނިކޮށް މިދިޔަ މަހު ހައި ކޯޓުން ވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށް އަމުރުކޮށްފަ އެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.