ހުޅުމާލެ 3 ގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީން މިއަދު ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
26 މާޗް 2024
ހުޅުމާލެ 3 ގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީން މިއަދު ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 3 ގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކޮށް، އެ ސަރަހައްދުގައި ގިގަބިޓް ޕެސިވް އޮޕްޓިކް ނެޓްވޯކް (ޖީޕޮން) ވެސް އަޅާނެ ކަމަށެވެ. މިއީ ފޯނާއި އިންޓަނެޓް ފަދަ ހިދުމަތްތައް ގޭގެއަށް ގުޅައިދިނުމަށް ބޭނުންކުރާ ނެޓްވޯކެވެ.
މި ކަންކަމުގެ އިތުރުން މަގުތައް ވެސް ތަރައްގީކުރާނެ ކަމަށާއި މަގުތައް ހަދާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތަށް، ފެނާއި ނަރުދަމާގެ ނިޒާމު ވެސް އިތުރަށް ފުރިހަމަ ވާނެ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލެ އަދި ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ތަރައްގީކުރަން ފެށި ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ވެސް ހަވާލުކޮށްފައިވަނީ ސީއެމްއީސީއާ އެވެ.
ރަސްމާލެ އާއި ގުޅިފަޅުގެ ކަރަންޓާއި ފެނުގެ ހިދުމަތް ގާއިމްކުރުމަށާއި މަގު ހެދުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ހުޅުމާލޭ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާ ބަޔަކަށް
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ޗައިނާ އިން ފެސިލިޓީގެ މަސައްކަތް ނިންމައި ހަވާލުކޮށްފި
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ވިނަރެސްއިން ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކަނީ
ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގަނީ
އެޗްޑީސީ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި
ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި
ހުޅުމާލޭ 3 ހިއްކަން ފަށާތީ ފަޅު ހުސްކުރަން އަންގައިފި