މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓީން ފެސިލިޓީއެއް ހަދައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފި އެވެ.
19 މެއި 2020
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓީން ފެސިލިޓީއެއް ހަދައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފި އެވެ.
ދިވެހި ސަރުކާރުގެ އެދުމަކަށް ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތްކުރަން ބޭނުންވާ ސާމާނު ދީ، މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ކަރަންޓީން ފެސިލިޓީ ވަނީ ޗައިނާ އިން އެތަން ނިންމާނެ ކަމަށް ބުނި ތާރީހު ކަމަށްވާ، މި މަހުގެ 18 އަށް އެއްކޮށް ނިންމައިފަ އެވެ.
ޗައިނާގެ ސަފީރު ޖާން ލިޖޯން ކުރިން ވިދާޅުވި ގޮތުގައި ފެސިލިޓީ ހެދުމުގައި ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ބައިވެރިވި އެވެ. މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ހޭދަކޮށްފައި ވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
ކަރަންޓީން ފެސިލިޓީ އަށް އެޗްޑީސީ ވެސް ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
ހަ ބްލޮކަކަށް ހަދާ ފެސިލިޓީ އަކީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. އެ ތަނުގައި 175 މީހުންގެ ޖާގައިގެ ކާ ކޮޓަރިއަކާއި 84 މީހުންގެ ޖާގައިގެ ފާހަނާ ބްލޮކެއް ވެސް ހުރެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ދަތި ތަންތަނުގައި، ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރަމުންނެވެ އެގޮތަށް މިހާރު ވެސް ބައެއް ތަންތަނަށް ބިދޭސީން ބަދަލުކޮށްފައި ވެ އެވެ. އެކަމަކު ދެ ވަނަ ފިޔަވަހީގައި ހެދި ފެސިލިޓީއަށް ބިދޭސީން ބަދަލުކުރަން ފަށާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ރާއްޖޭގައި ހާހަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެ ތެރޭގައި ގިނައި ބިދޭސީންނެވެ. އަދި ބިދޭސީންގެ ތެރޭގައި ވެސް، އެއް ތަނެއްގައި ތޮއްޖެހިގެން އުޅޭ މީހުން ގިނަ އެވެ.
ޗައިނާއިން ހަދާ ފެސިލިޓީ މި މަހުގެ 18 ގައި ނިމޭނެ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި
ސިނާއީ ބޭނުމަށް ހުޅުމާލޭއިން 12 ބިމެއް ވިއްކަނީ