Roadha Mihaaru
މާޒިޔާ-ވިކްޓަރީ މެޗުން މިރޭ ލީގު އަލުން ފަށަނީ

މާޒިޔާ-ވިކްޓަރީ މެޗުން މިރޭ ލީގު އަލުން ފަށަނީ

12 ޖޫން 2016

އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗަށް މެދުކަނޑާލި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާޒިޔާ އާއި ވިކްޓަރީގެ މެޗުން މިރޭ އަލުން ފަށާނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗަށް މެދުކަނޑާލި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާޒިޔާ އާއި ވިކްޓަރީގެ މެޗުން މިރޭ އަލުން ފަށާނެ އެވެ.

ލީގުގައި ކޮންމެ ޓީމެއް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އީގަލްސް އޮތްއިރު ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް އާއި ވެލެންސިއާ އަދި ނިއު ރޭޑިއަންޓަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބީޖީ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ވިކްޓަރީ އެވެ.

ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ފުލުގައި އޮތް ވިކްޓަރީ މިރޭ ކުޅޭއިރު ދެ ޓީމުގެ ކޯޗުންނަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. މާޒިޔާގައި އަލީ ސުޒޭން ހުރިއިރު ވިކްޓަރީގެ ކޯޗަކީ އޭނާގެ ކޮއްކޮ މުހައްމަދު ނަޒީހެވެ. މީގެ ކުރިން ސުޒޭނާއި ނަޒީހު އެކުގައި ވިކްޓަރީއަށް ކުޅެފައިވާއިރު ސުޒޭނުގެ ކޯޗުކަމުގެ ދަށުން ނަޒީހު ވިކްޓަރީ އަށް ކުޅެފައި ވެސް ވެ އެވެ.

މި ހަފުތާގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު މާދަމާރޭ އޮންނާނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އަންގާރަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް އާއި ބީޖީ ބައްދަލުކުރާއިރު ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ނިއު އާއި ވެލެންސިއާ އެވެ.

ރޯދަމަސް ކަމަށް ވުމުން މެޗުތައް ފަށާނީ ރޭގަނޑު 10 ޖަހާއިރެވެ.