ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ ވެރިކަން ކުރެއްވުމަށް ފަހު، ވަޑައިގަންނަވާ ބޭފުޅުންނަށް އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމު ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ ވެރިކަން ކުރެއްވުމަށް ފަހު، ވަޑައިގަންނަވާ ބޭފުޅުންނަށް އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމު ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގަައި ހިމެނިވަޑައިގަންނަވާ ސައީދު އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ޕީޕީއެމްގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޔާމީން އެ މަނިކުފާނުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު ދަށްވެފައި ވަނީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ތަބީއީ ގޮތުން ވެސް ޑިމާންޑު ދަށްވެ، ޑޮލަރުގެ އަގު ދަށްވީ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެހެންވެ، ޔާމީނަށް ރައްދު ދެއްވައި ސައީދު "އެކްސް" ގައި ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް އެ ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރު މިނުގައި ކުރިއަށް،" ސައީދު ވިދާޅުވި އެވެ.
މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،"--- ސައީދު
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އާ ސަރުކާރަކާ ވެރިކަން ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގަ އެވެ.
"މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،" ސައީދު ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ގެންދަވަނީ ރައީސް މުއިއްޒާ މެދު އުފެދުނު ނުތަނަސްކަމާ ހެދި މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
ރައީސްކަމަށް މުއިއްޒު އިންތިހާބުވުމާ އެކު، އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް
އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!
އަބްދުއްރަހީމްގެ ރައްދު: ފަސްއެނބުރި ބެލުމެއް ނެތް!
ރައީސްގެ ހިމާޔަތުގައި މި ހުރީ ސާބިތުވެ: ގައްސާން
ޔާމީން ނެތި ޕީޕީއެމް ސެނެޓް މާދަމާރޭ ބައްދަލުވަނީ
ކޮންޓްރޯލް ނަގަން ޔާމީން އެ އުޅުއްވަނީ ގަދަބާރުން!