Roadha Mihaaru
ސަރުކާރުން ދޭ ރޯދަ ހަދިޔާ އެސްޓީއޯ ކާޑު ގުދަނުން

ސަރުކާރުން ދޭ ރޯދަ ހަދިޔާ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން

03 އެޕްރީލް 2024

ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި ފުށް ދެން ލިބޭނީ އެސްޓީއޯގެ ކާޑު ގުދަންތަކުން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި ފުށް ދެން ލިބޭނީ އެސްޓީއޯގެ ކާޑު ގުދަންތަކުން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

މިއީ ދިވެހިންނަށް އެކަނި ލިބޭ ހަދިޔާއެކެވެ. މި ތަކެތި ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރު ބެލުމަށް ފަހު، ބަލާ އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރާއި ނަން ނޯޓު ކުުރުމަށްފަހު އެވެ.

ސަރުކާރުން ހިލޭ ދޫކުރާ ހަނޑުލާއި ފުށް ދޫކުރަނީ ކޮންމެ ދުވަހެއްގެ 10:00 އިން މެންދުރު ފަހު 1:00 އަށެވެ.