Roadha Mihaaru
އިންޑިއާ އިން ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފި

އިންޑިއާ އިން ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފި

28 މާޗް 2020

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާ 21 ދުވަހަށް ބަންދުކޮށްފައި އޮތަސް ދިވެހިންނަށް ބޭނުންވާ ހަކުރާއި ހަނޑޫ މިއަދު ލިބިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާ 21 ދުވަހަށް ބަންދުކޮށްފައި އޮތަސް ދިވެހިންނަށް ބޭނުންވާ ހަކުރާއި ހަނޑޫ މިއަދު ލިބިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާގެ ޓުޓިކޮރިން މަގުން ރާއްޖެ ގެނައީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑޫ ކަމަށެވެ. އަދި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް އިންޑިއާ އިން ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ތަނުން ބުނިގޮތުގައި އިންޑިއާ ލޮކްޑައުންގައި އޮތުމާ އެކު، އެ ގައުމުން މުދާ ބޭރުކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖެ އަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އޮތީ އިންޑިއާގެ ސަރުކާރުން ދީފަ އެވެ.

ކޮވިޑް-19 ބަލީގެ 16 މީހަކު ރާއްޖެ އިން ވެސް ފެނި، އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްނުވާ މިންވަރަށް ލިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފަ އެވެ.

"އަދި އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް، އަންނަ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެ އަށް ގެނައުމަށް،" ރައީސް

މިދިޔަ ބުދަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެސްޓީއޯ އިން މި މަހު ކާޑުގެ ބާވަތްތައް ވިކިފައިވާ އަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައި ވެސް އިތުރު އެއް މަސް ދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް މިހާރު ހުންނާނެ ކަމަށެވެ.

"އަދި އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް، އަންނަ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެ އަށް ގެނައުމަށް،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ބްރީފިންގައި ރައީސް ވިދާޅުވި އެވެ.

"ރާއްޖެ އަށް ބޭނުންވާ ތެލުގެ ބާވަތްތައް، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދެއްވާ."

ކާޑުގެ ބާވަތްތަކުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާ އަށް ހުއްޓުމެއް އަޔަނުދޭން ގެންނަ 5،000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ. ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ބައެއް ބަނދަރުތަކުން މުދާ ބަރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިދިޔަ ބުދަދުވަހުގެ ރެއިން ފެށިގެން މުޅި އިންޑިއާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ވެސް ކޮވިޑް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.