Roadha Mihaaru
ރައީސް އީދު ސަލާމް ކުރެއްވުން މުލިއާގޭގައި

ރައީސް އީދު ސަލާމް ކުރެއްވުން މުލިއާގޭގައި

06 އެޕްރީލް 2024

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.

އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ކުންފުނިތަކާއި، އަމިއްލަ އެކި ޖަމިއްޔާތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވަ އެވެ،" އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާމް ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ވާނީ އަންނަ ބުދަ ދުވަހެވެ.