Roadha Mihaaru
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި

08 އެޕްރީލް 2024

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބިން ހިއްކުމާއި ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ގަވާއިދުން އިސްލާހުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބިން ހިއްކުމާއި ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ގަވާއިދުން އިސްލާހުކޮށްފި އެވެ.

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާ 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ. އަދި އެ ހުއްދަ ދެވޭނީ ވަޒީރުންގެ މަޖިލީހަށެވެ.

ނަމަވެސް އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އެކަމަށް ހުއްދަ ދޭއިރު އެ ތަނުގައި ހުރި ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހެދުމާއި އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮތުމާއި ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭނެ އެވެ.