ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ނިންމައިފި އެވެ.
09 އެޕްރީލް 2024
ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ނިންމައިފި އެވެ.
މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ގާޒާގެ އަހުންނާއި އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. މީގެ ކުރިން ވެސް ދިވެހިންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރަނީ އެއް ލައްކަ ޑޮލަރު. މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން. މި ފައިސާއަކީ ގާޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.
ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ.
އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ގާޒާއަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ.