މިދިޔަ ދެ އަހަރި ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
07 ޑިސެމްބަރ 2025
މިދިޔަ ދެ އަހަރި ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު އިއްޔެ ތަސްދީގު ކުރައްވައި އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާއިރު އެކަމާ ބެހޭ ގޮތުން "ޕީއެސްއެމް"އަށް ޝަހީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޒަކާތަށް ގާނޫނެއް ހަދައި، ލީގަލައިޒް ކުރެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދެ އަހަރު ކަމަށެވެ.
"އެއީ އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނީ މިދިޔަ ދެ އަހަރު. މިދިޔަ އަހަރު އެއް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި އެބަހުރި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ ރައްޔިތުންގެ އިތުބާރު މި ނިޒާމަށް އޮތްކަން އަދި ޒަކާތު ހައުސް އުފެދުމަށް ފަހު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާތީ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޒަކާތު ފަންޑަށް ވަރަށް ބޮޑެތި އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
ޒަކާތާ ބެހޭ ގާނޫނުގައިވާ ގޮތުން ދިވެއްސެއްގެ މުދާ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް އަދި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒަންވެރި ވެގެން އުޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.
ޒަކާތުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓަ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ޒަކާތު ފަންޑުން ގާޒާއަށް 100،000 ޑޮލަރު
ޒަކާތުގެ ގާނޫނު ތަސްދީގު ކުރައްވައިފި
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
އެހީ ނުވިކަމަށް ބުނުމުން ހާމަކުރީ ޒާތީ މައުލޫމާތު!
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ