ދިރާގުން އީދު ދުވަސްތަކުގައި ކުރިއަށް ގެންދާ "އީދު ބޯކިބާ" ހަރަކާތް މާދަމާ ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތުގައި ވެސް އޮންނާނެކަން އިއުލާނުކޮށްފި އެވެ.
09 އެޕްރީލް 2024
ދިރާގުން އީދު ދުވަސްތަކުގައި ކުރިއަށް ގެންދާ "އީދު ބޯކިބާ" ހަރަކާތް މާދަމާ ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތުގައި ވެސް އޮންނާނެކަން އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނީ މިއީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ، އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ދިރުވުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ ހަރާކާތެއް ކަމަށެވެ.
މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ. މި ހަރަކާތް އޮންނާނީ އީދު ނަމާދަށް ފަހު، ހެނދުނު 7:30 ގައި މާލޭގެ އާޓިފިޝަލް ބީޗާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.
ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ މިއީ އާއްމުންނާ އެކު އީދު ފާހަގަކުރުމަށް އެ ކުންފުންޏަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިއީ އެ ކުންފުނިން ހެޔޮހިތުން އާއްމުންނަށް ކުރާ ހަދިޔާއެއް ކަމަށާއި އީދުގެ އުފާ ފާޅުކުރުމަށް މި ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ދިރާގުން މަސައްކަތްކުރަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގަ ރޫހު ދިރުވާ ފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގު-އާކް ގުޅިގެން އީދު ދުވަހު ކާބޯތަކެތި ދެނީ
އީދުގެ ހަރަކާތްތައް ފޮނުވައިގެން ދިރާގުން ހަދިޔާއެއް!
ދިރާގުން އީދަށް ހާއްސަ އޮފާތަކެއް
ދިރާގުން ވަގުތީ ހިޔާތަކަށް އީދު ސައި ދީފި
ދިރާގުން މި އަހަރު ވެސް ކުޑަކުދިންނަށް އީދު ހަދިޔާދީފި
ދިރާގު ހަދިޔާ: ސޯޝަލްމީޑިއާ ހިލޭ، ޚާއްސަ ޑޭޓާ ޕެކޭޖް
ދިރާގުން އީދު ހަދިޔާ ބަހައިފި
ދިރާގުން އީދު ހަދިޔާ ބަހައިފި
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ