Roadha Mihaaru
ފައިސާގެ އަދަދާމެދު ބެނިޓޭޒާއި ސެލްޓަވީގޯ އަރާރުމަކަށް

ބަދަލުދިނުމުގެ އަދަދާމެދު ބެނިޓޭޒާއި ސެލްޓަވީގޯ އަރާރުމަކަށް

18 އެޕްރީލް 2024

ވީގޯ (އޭޕްރީލް 18) – މިދިޔަ މަހު ސެލްޓަ ވީގޯގެ ކޯޗު ކަމުން ވަކި ކުރި ރަފާ ބެނިޓޭޒް، އެ މަގާމުން ވަކި ކުރުމުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދާ މެދު ދެ ފަރާތުގެ ދެމެދުގައި އަރާރުމެއް އުފެދިއްޖެ އެވެ.

ވީގޯ (އޭޕްރީލް 18) – މިދިޔަ މަހު ސެލްޓަ ވީގޯގެ ކޯޗު ކަމުން ވަކި ކުރި ރަފާ ބެނިޓޭޒް، އެ މަގާމުން ވަކި ކުރުމުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދާ މެދު ދެ ފަރާތުގެ ދެމެދުގައި އަރާރުމެއް އުފެދިއްޖެ އެވެ.

މިދިޔަ ހޫނު މޫސުމުގައި ސެލްޓައާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި އިރު، އެއްބަސްވުމުގައި ބުނާ މުއްދަތުގެ ކުރިން އޭނާ މަގާމުން ދުރު ކުރާނަމަ ބަދަލުގެ ގޮތުގައި އެކަށީގެންވާ އަދަދެއް ދޭން ސެލްޓައިން އެއްބަސްވެފައި ވެއެވެ.

އެކަމަކު ސްޕެއިންގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗާއި ސެލްޓައާ ދެމެދު އަދަދާ މެދު އެއްބަހެއް ނުވެ އެވެ.

ބެނިޓޭޒް ބުނަނީ، އޭނާ އަށް ބަދަލުގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ސެލްޓައިން ހުށަހަޅަނީ އޭނާ އަށް ހަ މިލިއަން ޑޮލަރެވެ. އެ އަދަދާ މެދު އެއްބަސްނުވެވިގެން، އޭނާގެ ކޮންޓްރެކްޓް އެ ކްލަބަށް ބާތިލެއް ނުކުރެވުނެވެ.

ޓީމުގެ މަސްއޫލިއްޔަތުތަކުން އޭނާ ދުރު ކުރި ނަމަވެސް، ބަދަލު ނުދެވޭތީ އޭނާ އަދި ވެސް ހުރީ ސެލްޓަގެ ކޮންޓްރެކްޓްގަ އެވެ. ކޮންޓްރެކްޓް އެއްކޮށް އުވާލެވޭނީ ބަދަލު ދީ ހަލާސް ކުރުމުންނެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުން ސެލްޓަ ވީގޯ މޮޅުވީ 72 ޕަސަންޓް މެޗުންނެވެ. އޭނާ މަގާމުން ވަކި ކުރުމަށް ފަހު ސީޒަން ނިމެންދެން ކޯޗުކަން ވަގުތީ ގޮތުން ހަވާލު ކުރީ ސެލްޓަގެ ޒުވާން ޓީމުގެ ކޯޗު ކްލޯޑިއޯ ޖިރާލްޑޭޒް އަށެވެ.