21 އެޕްރީލް 2024
އދ.ގެ މެންބަރުކަން ހޯދަން ފަލަސްތީނުން ކުރި މަސައްކަތަށް އެމެރިކާ ހުރަސްއަޅާފައި ވާތީ، އެމެރިކާއާ އެކު ބާއްވާ ގުޅުމާ މެދު އަލުން ވިސްނާނެ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އދ.ގެ މެންބަރުކަން ހޯދަން ފަލަސްތީނުން ކުރި މަސައްކަތަށް އެމެރިކާ ހުރަސްއަޅާފައި ވާތީ، އެމެރިކާއާ އެކު ބާއްވާ ގުޅުމާ މެދު އަލުން ވިސްނާނެ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނު ރައްޔިތުންގެ މަސްލަހަތާއި އުންމީދާއި ހައްގުތައް ކަށަވަރުކުރުމުގައި، އެމެރިކާއާ އެކު އޮންނަ ގުޅުމާ މެދު ފަލަސްތީނުގެ ލީޑަޝިޕުން އަލުން ވިސްނާނެ،" ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އަށް ދެއްވި އިންޓަވިއެއްގައި އައްބާސް ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި، ފަލަސްތީނަށް އދ.ގެ ދާއިމީ މެންބަރުކަން ދިނުމަށް 12 ގައުމުން ތާއީދުކުރި އިރު އިނގިރޭސި ވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ވީޓޯގެ ބާރު ބޭނުންކޮށް ހުށަހެޅުން ފެއިލްކޮށްލަށް ވޯޓު ދިނީ އިޒްރޭލުގެ އެކުވެރި އެމެރިކާ އެކަންޏެވެ.
އައްބާސް ވިދާޅުވީ އެމެރިކާ އާއި ސަރަހައްދުގެ އެހެން ގައުމުތަކުން ފަލަސްތީނާ މެދު ގޮތް ކިޔައި ވަކި ގޮތަކަށް ކުރާ އުންމީދުގެ ބަދަލުގައި ފަލަސްތީނުގެ އުންމީދުތައް ހާސިލްވާނެ ސިޔާސަތެއް އެކުލަވާލާނެ ކަމަށެވެ.
"ފަލަސްތީނަށް ނާކާމިޔާބީއާ ކުރިމަތިކުރުވާ ސިޔާސަތެއްކަން މުޅި ދުނިޔެއަށް ހާމަވާ ކަމެއްގެ ތެރޭގައި ރަހީނުވެފައި އަބަދަކު ނޯންނާނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނާ ދެކޮޅަށް އެމެރިކާއިން ދިން ވޯޓުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ރުޅިވެރިކަމެއް އުފެދިފައިވާ ކަމަށެވެ. އަދި މިއީ ފަލަސްތީނާއި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ކުރާ މަސައްކަތަށް އިތުރު ގޮންޖެހުމަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. -- އޭއެފްޕީ
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ނަކްބާއަށް 75، ފަލަސްތީނު މީހުންނަށް ހައްގެއް ނުލިބޭ
އދ.ގައި ފުރަތަމަ ފަހަރަށް "ނަކްބާ" ފާހަގަކޮށްފި
ބްލިންކެންގެ ދަތުރު ހުސް އަތާ ނިންމާލައިފި
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
އެމެރިކާ އިން އުޅެނީ އައްބާސްގެ ސަރުކާރު ވައްޓާލަން
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް
ޓްރަމްޕާ އެކު ސުލްހަޔަށް މަސައްކަތްކުރާނަން: އައްބާސް