01 ފެބުރުއަރީ 2023
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، މެދު އިރުމައްޗަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރު، އެއްވެސް ކަމެއް ހާސިލު ނުކުރެވި ހުސް އަތާ އިއްޔެ ނިންމަވާލައްވައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، މެދު އިރުމައްޗަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރު، އެއްވެސް ކަމެއް ހާސިލު ނުކުރެވި ހުސް އަތާ އިއްޔެ ނިންމަވާލައްވައިފި އެވެ.
ބްލިންކެންގެ މި ދަތުރުގައި ޖެނުއަރީ 30 ވަނަ ދުވަހު ފުރަތަމަ ވަޑައިގަތީ މިސްރުގެ ވެރިރަށް ގާހިރާ އަށެވެ. ގާހިރާގައި ދެތިން ގަޑިއިރު މަޑުކޮށްލެއްވުމަށް ފަހު، ހަމަ އެ ދުވަހު ވަޑައިގަތީ އިޒްރޭލަށެވެ. އެއަށް ފަހު އިއްޔެ ވަޑައިގަތީ ފަލަސްތީނުގެ ރާމަﷲ އަށެވެ.
ބްލިންކެންގެ މިދަތުރަކީ، އިޒްރޭލުގެ ހަރުކަށި ޔަހޫދީ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލައި، ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ނުދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ބްލިންކެން މެދުއިރުމައްޗަށް ކުރައްވަން ރޭއްވެވި ދަތުރެކެވެ. ނަމަވެސް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން އަރައިގަނެ، ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށްލައި، އެކަމަށް ބަދަލު ހިފުމުގެ ގޮތުން، ފަލަސްތީނުގެ މުޖާހިދުންގެ ބަޔަކު ޔަހޫދީ ފައްޅިއަކަށް ހަމަލާދީ ހަތް ޔަހޫދީން މަރައިލުމާ ގުޅިގެން، ބްލިންކެންގެ މި ދަތުރު އަވަސްކޮށްލެއްވީ އެވެ.
U.S. Secretary of State Antony Blinken continued his Mideast tour in the West Bank, meeting with Palestinian President Mahmoud Abbas, affirming Washington's support for a two-state solution to the Israeli-Palestinian conflict https://t.co/fpvwrhMZXn pic.twitter.com/ROTZ65sDSM
— Reuters (@Reuters) February 1, 2023
އޭނާގެ މިދަތުރުގައި އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކުގައި ވަކިވަކިން މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް، އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ކުށްވެރި ކުރައްވައި، މަސްރަހު އިތުރަށް ގޯސް ނުކުރުމަށް ގޮވައިލެއްވުން ފިޔަވައި، އޭނާގެ މިދަތުރުން އެއްވެސް ކަމެއް ހާސިލެއް ނުކުރެވެ އެވެ.
އިޒްރޭލުގެ ހަރުކަށި ސަރުކާރުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުން ދާ ދުވަސްވަރެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެ ސަރަހައްދަށް ވަޑައިގަތުމުން، މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ބްލިންކެންގެ ވާހަކަތަކުން ބޮޑަށް ދޭހަވީ، އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް އެމެރިކާ ހިތްވަރު ދޭ ކަމެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ އެކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވެފައިވަނީ، އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން އަބަދުވެސް ކަށަވަރު ކޮށްދޭނެ ކަމަށެވެ.
ބްލިންކެންއާ އެކުގައި ބޭއްވި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ އިޒްރޭލު ސަރުކާރުންނެވެ. އަދި އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ފަލަސްތީނުގެ އާންމު ރައްޔިތުން އެއްވެސް ކުށަކާ ނުލައި މަރަމުން ގެންދާއިރު، އެކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި އޮންނާތީ، ބައިނަލްއަގުވާމީ މުޖްތަމައަށް، އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އިޒްރޭލާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު މިހާރު ހަމަނުޖެހުންތައް ފެށިގެން އުޅެނީ، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ޣަފީރު، މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، މަސްޖިދުލް އަގްސާ އަށް ވަދެ، އެ ހަރަމްފުޅުގެ ހުރުމަތް ކެނޑުމުންނެވެ. އެކަމާ ގުޅިގެން، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އިޒްރޭލު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށައިފަ އެވެ.
އެ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުންކުރުމުން، މި މަހުގެ 26 ވަނަ ދުވަހު ފަލަސްތީނުގެ 10 މީހުން ޝަހީދުވި އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން ވަނީ އިރުމަތީ ގުދުސްގައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ.
އެ ގޮތުން މި މަހުގެ 27 ވަނަ ދުވަހު ފަލަސްތީނުގެ މުޖާހިދަކު ވަނީ އިރުމަތީ ގުދުސްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ކައިރިއަށް އެއްވެ އުޅުނު އިޒްރޭލުގެ އާންމުންގެ ބައެއްގެ ތެރެއަށް ބަޑި ޖަހައި ހަތް މީހަކު މަރާލައިފަ އެވެ. އިޒްރޭލު ސިފައިން ވަނީ، ފައްޅި އަށް ހަމަލާ ދިން މީހާގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފަ އެވެ.
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް