އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ފަށާ ކޮލަމްބޯ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
22 އެޕްރީލް 2024
އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ފަށާ ކޮލަމްބޯ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންގެ "ލޯ ފެއާ" ރޭޓުގައި 165 ޑޮލަރަށް ކުރާ ކޮލަމްބޯ ދަތުރުތަކުގައި 30 ކިލޯގެ ބެގެޖާއި މީލް ޕެކެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަން އިން ބުނީ ކޮލަމްބޯ އަކީ ބޭސްފަރުވާއަށް ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، އެކަމަށް ލުއި ހޯދާދިނުމުގެ ގޮތުން ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ހާއްސަ ލުއިތަކެއް ހޯދައިދީފައިވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ސެކަލާއި ފެނުމުގެ ޓެސްޓު ހެއްދޭނެ އެވެ. އަދި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އޯޕީޑީއިން ހެއްދޭ ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓާއި އެކްސްރޭއިން ފަސް ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
މޯލްޑިވިއަންއިން ކޮލަމްބޯއަށް ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.
މޯލްޑިވިއަންއިން ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކް ކުރެވޭނެ އެވެ.
މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް ކޮލަންބޯއަށް
ލަންކާ ދަތުރުތައް ދެން ފަށާނީ ހާލަތު ރަނގަޅުވުމުން
ހުރިހާ ދިވެހިން ވެސް ގެންނަން މަސައްކަތްކުރާނެ:މަބްރޫކް
ކޮލަމްބޯ އަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއް
ޓިކެޓް ވިއްކަން މޯލްޑިވިއަން އިން ހާންއެއާ އާ ގުޅިއްޖެ
މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ފަސްފްލައިޓް
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސް ފުޅާކޮށްފި
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް ގަމަށް!
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
އައިއޭއެސްއިން ހުޅުމާލޭން 49 މިލިއަނަށް ބިމެއް ގަނެފި