ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ މަހުގެ ދެ ދުވަހެއްގައި ސްރީ ލަންކާގެ ކޮލަންބޯ އަށް ދަތުރު ކުރުމަށް އަގު ހެޔޮ ފެއާއެއް އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ މަހުގެ ދެ ދުވަހެއްގައި ސްރީ ލަންކާގެ ކޮލަންބޯ އަށް ދަތުރު ކުރުމަށް އަގު ހެޔޮ ފެއާއެއް އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، ފެއާގައި ޓިކެޓު ވިއްކާނީ 99 ޑޮލަރަށެވެ. ދަތުރުތައް ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު ހަތެއް ވާ އާދިއްތަ ދުވަހާއި ނުވައެއް ވާ އަންގާރަ ދުވަހު އެވެ.
މޯލްޑިވިއަން އިން ނިންމާފައި ވަނީ 152 މީހުންގެ ޖާގައިގެ A-320 ގެ މަތިންދާބޯޓުގައި މި ހާއްސަ ފެއާގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް 35 ކިލޯގެ ބެގޭޖު އެލަވަންސެއް ދޭ ގޮތަށެވެ.
މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އިން މާލެ- ކޮލަންބޯ ދަތުރުތައް އަލުން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު އެވެ.
މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.
ހުރިހާ ދިވެހިން ވެސް ގެންނަން މަސައްކަތްކުރާނެ:މަބްރޫކް
މޯލްޑިވިއަނުން ލަންކާ ދަތުރުތައް މެދުކަނޑާލައިފި
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށަނީ
މީހުން ގެނެސްދެނީ ވިޔަފާރިއަކަށް ނޫން: މޯލްޑިވިއަން
ލަންކާގައި ނާދެވި ތިބި 100 ދިވެއްސަކު ގެނެސްފި
ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން4،086
ލަންކާގައި ތިބި އާއިލާތަކަށް 8.9 ޓަނުގެ ކާގޯ
މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯ އަށް ފަށަނީ
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަނީ