Roadha Mihaaru
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް

ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް

24 އެޕްރީލް 2024

ހުޅުމާލޭގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ފިހާރައެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލޭގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ފިހާރައެއް ހުޅުވައިފި އެވެ.

ހުވަނދުމާ ހިނގުމުގައި ކުރިން އެސްޓީއޯ މާޓު ހުރި ތަނުގައި ހުޅުވި މި ޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ޝޯރޫމްގެ އެތެރެ. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ޝޯރޫމްގެ އެތެރެ. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ސްމާޓް ސްޓޯރާ ޖެހިގެން ހުންނަ މި ފިހާރަ އަކީ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ހުޅުމާލެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި ފިހާރައިން ކަސްޓަމަރުންނަށް ރަނގަޅު ކަސްޓަމާ ސާވިސް ހިދުމަތް ދިނުމަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ތަނަކީ ކަސްޓަމަރުންނަށް ފަސޭހައިން ތަނުގައި ވިއްކާ ޕްރޮޑަކްޓުތައް ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު އިންޓީރިއާއެއް ހިމެނޭ، ގިނަ ޕްރޮޑަކްޓުތަކެއް ޑިސްޕްލޭ ކޮށްފައިވާ ފިހާރަ އެވެ. މި ތަނުގައި އެސްޓީއޯއިން ވިއްކާ މަގުބޫލު މަކީޓާ ބްރޭންޑުގެ އެކި ރޭންޖުތަކުގެ ޕަވާ ޓޫލްތައް ލިބޭނެ އެވެ. އަދި ނިޕޯން ޕެއިންޓުގެ ކޮންމެ ކުލައެއް ވެސް މި ފިހާރައިން ވަގުތުން ތައްޔާރުކޮށްދޭނެ އެވެ. މި ފިހާރައިގައި ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި، ފިލާ އަދި ރޫފިން ޝީޓް ވެސް އޯޑަރު ކުރެވޭނެ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ވިއްކާ ކުންފުންޏެވެ. މި ކުންފުނިން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓް އާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ބްރޭންޑުގެ ލިފްޓް ވެސް ރާއްޖޭގެ މާކެޓުގައި އަންނަނީ ވިއްކަމުންނެވެ.