ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް ކަނޑައަޅައިފި އެވެ.
09 ސެޕްޓެމްބަރ 2024
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް ކަނޑައަޅައިފި އެވެ.
އެޗްޑީސީން މިދިޔަ ހަފްތާ ހޯމަ ދުވަހު އާންމުކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކާއި ހުޅުމާލެއިން ވިއްކާފައި ހުރި ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރަށް ކަމަށާއި އަދި އެންމެ އުސްވެގެން އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް އެ އުސޫލުގައިވެ އެވެ.
އޭގެ އިތުރުން 16.5 މީޓަރަށް ވުރެ އިމާރާތް އުސް ވާނަމަ ލިފްޓް ހަރުކުރަން ޖެހޭނެ ކަމަށާއި އަދި ހަ ވަނަ ފްލޯގެ މައްޗަށް ޓެރަހެއް ލާނަމަ ވެސް 18.5 މީޓަރަށް ވުރެ އުސް ވެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޫކުރުމަށް ފަހު ކުރީ ސަރުކާރުން ފުރަތަމަ އާންމު ކުރި އުސޫލުގައި ވެސް އޮތީ ހަ ބުރިއަށް ނެގޭ ގޮތަށެވެ. އެހެން ނަމަވެސް އޭރު އެޗްޑީސީގެ ބޯޑުން ފަހުން ނިންމީ އެ ބިންތައް 10 ބުރިއަށް ނެގޭ ގޮތަށް އެ އުސޫލު އިސްލާހު ކުރުމަށެވެ.
ނަމަވެސް އޭރު އާންމު ކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމާ ބެހޭ އުސޫލު" މިހާރު ވަނީ ވެބްސައިޓުން ނަގާފައި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،000 އެއްހާ މީހުންނަށް ގޯތި ލިބިފައިވާއިރު މިހާރު ގާތްގަނޑަކަށް އެންމެންނަށް ވަނީ ގޯތިތައް ހަވާލުކޮށް ރަޖިސްޓްރީ ކޮށްދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ބަޔަކު ގޯތި އިމާރާތް ކުރުމުގެ މަސައްކަތެއް ނުފަށަ އެވެ.
އޭގެ ބަދަލުގައި އެ ސަރަހައްދުގައި ވަނީ ކުދިކުދި ހޮޓާތަކާއި ގުދަންތަކެއް ހަދައިފަ އެވެ.
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ބިޑް އުސޫލާ ހިލާފަށް ބިމެއް ނުވިއްކާ: އެޗްޑީސީ
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
އެޗްޑީސީގެ ތަހުގީގު: ފުލުހުންނާއި އޭސީސީ މަޝްވަރާއަށް